ads
ހީނާ އަދި އޭނާގެ މަންމަ
ބައްޕަ މަރުވުމުން މަންމައަށް ހީނާ ވީވައުދަަކީ މިއީ
ބޮލީވުޑް ތަރި، ހީނާ ހާންގެ ބައްޕަ ހާޓް އެޓޭކެއްޖެހި މަރުވެފައިވަނީ މިއަހަރުގެ އެޕްރީލް 20ވަނަ ދުވަހުއެވެ.

ހީނާ ފާހަގަކުރެވެނީ އޭނާގެ ބައްޕަ އާއި ވަރަށް ގާތްގުޅުމެއް އަބަދުވެސް ބާއްވާ ތަރިއެއްގެ ގޮތުގައެވެ. ބައްޕަގެ ކުއްލި މަރާއިއެކު، ހީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ހަބަރުވެސް ލިބުނެވެ. އެހެންކަމުން ބައްޕަ މަރުވިނަމަވެސް މަންމައަށް ލިބިފައިވާ ހިތާމާގައި ބައިވެރިވުމުގެ ފުރުސަތުވެސް ހީނާ އަށް ނުލިބެއެވެ.

ބައްޕަގެ މަރަށް މިހާރު އެއްމަސްވެގެން ދިޔައިރު ހީނާ ވަނީ ކޮވިޑުން ރަނގަޅުވެ ފުރަތަމަ ފަހަރަށް މަންމައާއި އެކީ ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިފައެވެ.

އެ ފުރުސަތުގައި ހީނާ ވަނީ މަންމައަށް ވައުދުތަކެއްވެސް ވެފައެވެ. މަންމައާއި ބައްދަލުކޮށް ވާހަކަދައްކާ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް ހިއްސާކޮށް ހީނާ ބުނެފައިވަނީ، މަންމަ އަބަދުވެސް ރައްކާތެެރިކޮށް ބަލާނެކަމަށާއި، މަންމަގެ ކަރުނަތައް ފުހެދޭނެ ކަމަށެވެ. އަދި އަބަދުވެސް މަންމަގެ ބަސް އަހާނެކަމަށް އޭނާ ވަނީ ވައުދުވެފައެވެ.

“ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ”އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އަދި ބިގްބޮސް އިން އެއްވަނަ ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ރިލީޒް ކޮށްފައެވެ.

83%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް