ads
ދިއްފުއްޓަށް އުދައަރައިގެން ރަށުގެ ރައްޔިތުން ހަރަކާތްތެރިވަނީ
މިފަހުން ދިއްފުއްޓަށް އެންމެ ބޮޑަށް އުދައެރިދުވަސް، ލޮނުގަނޑުގެ އުސްމިން 3 ފޫޓަށް
ފަހުގެ ތާރީހެއްގައި ދިއްފުއްޓަށް އެންމެ ބޮޑަށް އުދައަރާފައިވަނީ މިއަދު ކަމަށް ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވެއްޖެއެވެ.
Advertisement

ސުނިލް ސީއެންއެމްއަށް ވިދާޅުވީ މިއަދު އެރަށަށް އުދައެރުމުގެ ސަބަބުން ބައެއް ސަރަހައްދު ތަކުގައި ތިން ފޫޓަށްވުރެ އުސްކޮށް ލޮނުގަނޑު ހެދިފައިވާ ކަމަށެވެ. 

މިއަދު ހެނދުނު 10:30 ހާއިރު އެރަށަށް އުދައަރަން ފަށާފައިވާއިރު އުދަ އެރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އެގޮތުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގޭގެ އަލަމާރިތަކާއި އަދިވެސް އެހެނިހެން ބައެއް ސާމާނުތައް ހަލާކުވެފައިވާ ކަމަށެވެ. 

މީގެ އިތުރުންވެސް ރަށުގެ ގިނަ ގެތަކާއި ވޯކްޝޮޕަކަށްވެސް ވަރަށް ބޮޑަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް ސުނިލް ވިދާޅުވިއެވެ. އަދި އަތިރިމަތީގައިހުރި ބައެއް ރުއްގަސްތައް ވެއްޓިފައިވާއިރު، ރަށުގެ ގޮނޑުދޮށް ވަރަށް ބޮޑަށް ގިރާލާފައިވާ ކަމަށްވެސް ސުނިލް ފާހަގަ ކުރެއްވިއެވެ. 

ލިބުނު ގެއްލުންތަކުން ސަލާމަތްވުމަށް ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން މިރޭ 06:30 ވަންދެން މަސައްކަތް ކުރިކަމަށްވެސް ސުނިލް ވިދާޅުވިއެވެ. 

އެގޮތުން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަމްޕު ޖައްސައިގެން ފެންހިއްކުމާއި، ވެލިބަސަތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާކަމަށް ސުނިލް ވިދާޅުވިއެވެ. އަދި އެންޑީއެމްއޭގެ އެހީއާއިއެކު އިތުރު 200 ވެލިގޯނި ލިބުމުން އެތަކެތީގެ ބޭނުންވެސް މިހާރު ކުރަމުން އަންނަ ކަމަށްވެސް ސުނިލް ވިދާޅުވިއެވެ. 

ނަމަވެސް އަދި މިމައްސަލައަށް އެކަށިގެންވާ ވަރުގެ ހައްލެއް ލިބިފައި ނުވާކަމަށާއި، ރަށް މޮނިޓަރިންގެ ހާލަތަށް ލާފައިވާތީ މަސައްކަތް ކުރަން ޖެހުނީ ވަރަށް މަދު މީސްކޮޅަކާއި އެކުކަމަށްވެސް ސުނިލް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް