ads
ފެނަކައިގެ އެމްޑީ ސައީދު--ފޮޓޯ:ސަން
ރައީސްގެ ނިންމެވުމާއެކު ފެނަކައިން ބޮޑު ޑިސްކައުންޓެއް
ރައީސްގެ ނިންމެވުމާއެކު ފެނަކައިން ބޮޑު ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.

އެގޮތުން މިހިނގާ މެއި މަހުގެ ކަރަންޓު ބިލްތަކުން 40 އިންސައްތަ އަދި ފެންބިލްތަކުން 30 އިންސައްތަ ޑިސްކައުންޓް ފެނަކައިގެ ކަސްޓަމަރުންނަށް ދިނުމަށް ވަނީ ނިންމާފައެވެ. 

އަދި ހަމައެހެންމެ ވިޔަފާރިތަކުގެ ކަރަންޓު އަދި ފެންބިލްތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށްވެސް ފެނަކައިން ވަނީ ނިންމާފައެވެ.

ކޮވިޑާއި ގުޅިގެން މާލެ ސިޓީގައި ގިނަ ވަގުތު ކާފިޔު އިއުލާނުކޮށްފައި އޮތުމުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާކަން ފާހަގަ ކުރަމުން މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސްވަނީ ފެނާއި ކަރަންޓުގެ އަގު ހެޔޮކުރުމަށް ގޮވާލާފައެވެ.

ރޭބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، މިމަހު މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ފެން ބިލުން 30 އިންސައްތައިގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އަދި ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެެ.

މީގެއިތުރުން ވިޔަފާރިކުރާ ތަންތަނުގެ ކަަރަންޓު އަދި ފެންބިލުންވެސް 20 އިންސައްތަ ޑިސްކައުންޓެއް ދޭން ނިންމާފަައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް