
ބޮލީވުޑްގެ މަޝްހޫރު ބަތޮލުންގެ ތެރެއިން އެންމެ ގިނައިން އަންހެން ކުދިންގެ ހިތްތަކާ ކުޅޭ ވާހަކަތަކުގެ ފަލަ ސުރުހީގައި އޮންނަނީ ރަންބީރު ކަޕޫރްގެ ވާހަކަ އެވެ. ނަމަވެސް އެންމެ ގިނަ ލޯބިވެރިން ގެން ގުޅުނީ އޭނާ އެއް ނޫނެވެ.
އިންޑިއާގެ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮލީވުޑްގައި އެންމެ ކާމިޔާބު އަދި އެންމެ ގިނަ ކުދިންނާ ރައްޓެހިވެފައި ވަނީ ސަންޖޭ ދަތު އެވެ.
ސަންޖޭ ދަތުއަކީ ކުރީގެ މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނިފައިވާ ނަން މަޝްހޫރު ތަރިއަކަށް ވުމުން އޭނާ ޒުވާން އުމުރުގައި ވަނީ 308 މީހުންނާއި ރައްޓެހިވެފަ އެވެ.
މިކަން ހާމަވެގެން ދިޔައީ އޭނާގެ ހަޔާތާ ގުޅިގެން ބޮލީވުޑްއިން ތައްޔާރުކުރި ފިލްމުގަ އެވެ.
ސަންޖޭ ދަތު އަށް މިހާރު 61 އަހަރުވެފައި ވާއިރު އޭނާ ވަނީ ހަޔާތުގައި ތިން ކައިވެންޏެެއް ވެސް ކޮށްފަ އެވެ. އަދި އޭނާއަށް ތިން ދަރިންވެސް ވަނީ ލިބިފަ އެވެ.