ads
ވިޔަރެއާލްގެ ކުޅުންތެރިން ޔޫރޮޕާ ލީގާއެކު
ޑެހެއާގެ ޕެނަލްޓީ މިސްވެ، ޔޫރޮޕާ ލީގު ވިޔަރެއާލްއަށް
ޔޫރޮޕާ ލީގުގެ ފައިނަލް މެޗު، ޕެނަލްޓި ޖަހައިގެން މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށް ސްޕެއިންގެ ވިޔަރެއާލްއިން ކާމިޔާބުކޮށްފިއެވެ. ވިޔަރެއާލްއިން ޕެނަލްޓީ ޝޫޓް އައުޓުގައި މެޗު ކާމިޔާބު ކުރިއިރު އެ ޓީމުން ޖެހި އެގާރަ ޕެނަލްޓީ ކާމިޔާބުކުރިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުވެސް އެއް ލަނޑު އެއް ލަނޑުން ދެ ޓީމު ހަމަހަމަވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ވިޔަރެއާލުން ޖެހި އެގާރަ ޕެނަލްޓީވެސް އެ ޓީމުން ކާމިޔާބުކުރިއެވެ. އެއީ ގޯލް ކީޕަރުގެ ޕެނަލްޓީވެސް ހިމަނައިގެންނެވެ.

ޔުނައިޓެޑުން ޖެހި އެގާރަ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ ހަމައެކަނި ގޯލް ކީޕަރު ކީޕަރު ޑޭވިޑް ޑެހެއާ ފޮނުވާލި ޕެނަލްޓީއެވެ. އެއީ އެ ޓީމުގެ ފަހު ޕެނަލްޓީވެސްމެއެވެ.

މިއީ ބޮޑު މުބާރާތެއްގެ ތަށި ވިޔަރެއާލުން ހޯދި ފުރަތަމަ ފަހަރެވެ. ފައިނަލް މެޗުގައި ވިޔަރެއާލް އަތުން ބަލިވުމުން، މެންޗެސްޓަރ ޔުނައިޓެޑަށް މި ސީޒަންވެސް ނިމުނީ ހުސް އަތާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް