ދެހާސް ނަވާރަ ވަނަ އަހަރު ޔޫއޭއީން ތައާރަފްކުރި ގޯލްޑަން ވިސާއާއެކު އެގައުމުގައި 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ވިސާ އާ ނުލާ އުޅެވޭނެއެވެ.
އުމުރުން 61 އަހަރުގެ ސަންޖޭއަށް ގޯލްޑެން ވިސާ ދީފައިވަނީ އެކަމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ޔޫއޭއީގެ މޭޖާ ޖެނެރަލް މުހައްމަދު އަލް މައްރީއެވެ.
ގޯލްޑަން ވިސާ ލިބުމާ ގުޅިގެން ސަންޖޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ޝަރަފެއް ކަމަށެވެ. އޭނާ ވަނީ ގޯލްޑަން ވިސާ ލިބުމަށް އެހީވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ސަންޖޭއަކީ ޔޫއޭއީގެ ގޯލްޑަން ވިސާ ލިބުނު ފުރަތަމަ ބޮލީވުޑް ތަރިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކެންސަރަށް ފަރުވާ ހޯދުމަށް ނެގި ބްރޭކަށް ފަހު ސަންޖޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކޭޖީއެފް ޗެޕްޓާ 2، ޕްރިތްވިރާޖް އަދި ޝަމްޝޭރާއިންނެވެ.