ads
ސުޝާންތު އާއި ސިދާތް
ސުޝާންތު މަރުގެމައްސަލައިގައި އޭނާގެ ފްލެޓްމޭޓު ހައްޔަރުކޮށްފި
ބޮލީވުޑުގެ މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރަށް އަހަރެއް ވާން ކައިިރިވެފައިވަނިކޮށް، އެ މައްސަލައިގައި ސުޝާންތުގެ ފްލެޓުމޭޓް ސިދާތް ޕިތާނީ ހައްޔަރުކޮށްފިއެވެ.

ކައި ޕޯޗޭ އިން ބޮލީވުޑަށް ތައާރަފްވި ސުޝާންތު އޭނާ ދިރިއުޅޭ އެޕާޓްމެންޓުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. ސުޝާންތުގެ އޮޓޯޕްސީ ރިޕޯޓުތަކުން އޭނާ މަރުވީ ދަންޖެހިގެން ކަމަށް ދެއްކިނަމަވެސް އޭނާގެ މަރުގެ މައްސަލައިގެ ތެރެއަށް ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެއް ވަދެފައެވެ. 

ސުޝާންތުގެ މަރުގެ މައްސަލައާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައިގައި ސިދާތު ހައްޔަރުކޮށްފައިމިވަނީ، އިންޑިއާގެ ނާކޮޓިކްސް ބިއުރޯއިން މި މައްސަލައާ ގުޅުން ހުރި 33 މީހުންގެ މައްޗަށް މަސްތުވާތަކެތީގެ ތުހުމަތުކޮށް ރިޕޯޓު ހުށަހެޅިތާ 2 މަސް ފަހުންނެވެ. މި މީހުންގެ ތެރޭގައި ސުޝާންތު މަރުވިއިރު އޭނާގެ ލޯބިވެރިޔާ ކަމަށްވާ ރިއާ ޗަކްރޮބަތީއާއި އޭނާގެ ކޮއްކޮ ޝޯވިކް ހިމެނެއެވެ.

އެންސީބީން ބުނެފައިވާ ގޮތުގައި މި މައްސަލަ ކޯޓަށް ހުށަހަޅައިފައިވާނީ ތަހުގީގުގެ ތެރެއިން ލިބުނު ގިނަ ހެކިތަކަކާއެކުގައެވެ. އެގޮތުން ބޭންކް ސްޓޭޓްމަންޓުތަކާއި ފޯނު ރެކޯޑިންގެ އިތުރުން ވަޓްސްއެޕް ޗެޓުތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ތަހުގީގުން، މީގެ ތެރެއިން ގިނަ މީހުން ދިރިއުޅޭ ތަންތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ކޯޓަށް ހުށަހަޅާފައިވާ 1200 ސޮފްހާގެ ރިޕޯޓުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް