ads
ކުޑަކުދިން
ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުން ފޮޓޯ ނުފެންނަނީ ލޯޑް ބޮޑުވާތީ:ސީއެފްޕީއެސް
ކުޑަކުދިނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުން ފޮޓޯ ލޯޑް ނުވަނީ ލޯޑް ބޮޑުވާތީ ކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ބުނެފި އެވެ.

ސީއެފްޕީއެސް އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކުޑަކުދިނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އެކުލަވާލާ، 2015 ވަނަ އަހަރުން ފެށިގެން އާންމުންނަށް ކޮންމެ ވަގުތެއްގައިވެސް އިންޓަނެޓް މެދުވެރިކޮށް އޭގައި ޝާއިއު ކޮށްފައިވާ މައޫލޫމާތު ފެންނަން ހުންނާނެ ކަމަށެވެ. 

އަދި ދަފްތަރު އިތުރަށް ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް އެ ސާވިސް އިން ދަނީ މިހާރުވެސް ކުރަމުން ކަމަށާއި އެ ދަފްތަރަށް އެއްފަހަރާ ގިނަ ފަރާތްތަކަކުން ވަންނަމުން ދިއުމާގުޅިގެން ދަފްތަރު ހުޅުވުމަށް ލަސްތަކެއް ވަމުންދާކަން ސީއެފްޕީއެސް އަށް ވެސް ވަނީ ފާހަގަ ކުރެވިފައިވާ ކަމަށް ބުނެ އެވެ.

އެކަމަށް ހައްލެއް ގެނައުމަށް ސީއެފްޕީއެސް އިން މަސައްކަތްކުރަމުންދާ ކަމަށާއި އެ ކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ސާވިސްއިން ބުނެ އެވެ.

އަދި އެ ސަރވިސްގެ އަމާޒަކީ ކުޑަދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭ އެފަދަ ހުރިހާ މަސައްކަތްތަކަކީވެސް ހަރުދަނާ ގޮތެއްގައި ކުރެވޭ މަސައްކަތްތަކަކަށް ވުން ކަމުގައި ވެސް ސީއެފްޕީއެސް ބުނެ އެވެ.

ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު  ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު)ގެ 57ވަނަ މާއްދާގެ ދަށުން ކުޑަކުދިނަށް ޖިންސީ ގޯނާކުރާ މީހުންގެ ވަނަވަރު ހާމަކޮށް ދަފްތަރެއް ގާއިމް ކުރަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް