ހުޅުމާލޭ ނެރު ބައްތި ވެއްޓިފައި ވާތީ ހުޅުމާލޭ ނެރުން ވަދެ ނުކުމެ ހެދުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސިފައިން އިލްތިމާސް ކޮށްފިއެވެ.

Advertisement
ހުޅުމާލޭ ނެރު ބައްތި ވެއްޓިފައި ވާތީ ހުޅުމާލޭ ނެރުން ވަދެ ނުކުމެ ހެދުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސިފައިން އިލްތިމާސް ކޮށްފިއެވެ.
މިރޭ ލޭންޑިންގ ކުރާފްޓެއް ހުޅުމާލޭ ނެރުގެ ދެކުނު ފައިކަށްޓަށް އެރުމާ ގުޅިގެން ހުޅުމާލޭ ނެރު ބައްތި ވަނީ ވެއްޓިފައެވެ.
"އެހެންކަމުން ހުޅުމާލޭ ނެރުން ވަދެ ނުކުމެ ހެދުމުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން،" ސިފަިއން ބުންޏެވެ.
ނެރުމައްޗަށް އެރި ކޮޅުވެއްޓި ފުންކުރެވިފައިވަނީ ގަޑިރެއްހާއިރު ފަހުންނެވެ.
އަދި ކޮޅުވެއްޓި ފުންކޮށްފައިވަނީ މެރިން ޕޮލިހާއި އެހެން ކޮޅުވެއްޓިއެއްގެ އެހީގައެވެ.