ads
ކުޅުދުއްފުށި އެއާޕޯޓް: ލަފަުރުވަންދިއުން ވަނީ މަނާކޮށްފައި
ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވަން ދިއުން މަނާކޮށްފި
ކުޅުދުއްފުށީ އެއާޕޯޓަށް ލަފާފުރުވަން އާންމުން ދިއުން މަނާކޮށްފިއެވެ.

މިކަމާ ގުޅޭ މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ސީ އެން އެމް އަށް ވިދާޅުވީ މި ފިޔަވަޅު އަޅާފައި މިވަނީ ފުރަންދާ މީހުން ފުރުވަން ގިނަ ބަޔަކު ދާކަން ފާހަގަކުރެވިފައިވާތީ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

"ގިނަ އަދަދެއްގެ ބަޔަކު މީހުން ފުރުވަންދާކަން ފާހަގަ ކުރެވިފައިވޭ. އެހެންވެ ފިޔަވަޅު އެޅީ" މޭޔަރު އާތިފް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު، އެރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއްގެ ގޮތުގައި ނިންމާފައިވާ ކަމަށް އެ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ. އަދި ކޮވިޑް-19އިން ރައްކާތެރިވެވެން އޮތީ ހުރިހާ ރައްޔިތުންވެސް ގުޅިގެން ކަން ފާހަގަކޮށް، ހުރިހާ އެންމެންވެސް އެގޮތަށް އަމަލުތައް ބެހެއްޓުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އާތިފް ވިދާޅުވީ މި ފިޔަވަޅު އަޅާފައިވާނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމުން މިކަމަށް ލުއިތަކެއް ދޭނެ ކަމަށެވެ.

"ވަކި މުއްދަތެއް ނެތް ގޮތަށް މިފިޔަވަޅުތައް މިއަޅަނީ" މޭޔަރު އާތިފް

އަދި މި ފިޔަވަޅު އެޅީ ފުރުވަންދާ ފަރާތްތަކުގެ މެދުގައި އިތުރު ކްލްސްޓާ އެއް އުފެދި، ރަށުގައި އަލުން ބަލި ފެތުރެން ބޭނުން ނުވާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މި ފިޔަވަޅު އަޅާފައިވާނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމުން މިކަމަށް ލުއިތަކެއް ދޭނެ ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު ވެސް ކުޅުދުއްފުށި ވަނީ ރަށުގައި ކޮވިޑް ފެތުރި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. 25 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތުން ރަށް ނަގައިފައިވީ ނަމަވެސް އަދިވެސް ހޯމް ކަރަންޓީނުގައި ތިބި ބައެއް މީހުން އަންނަނީ ޕޮސިޓިވްވަމުންނެވެ. އެގޮތުން މި ވަގުތު ވެސް ރަށުގައި އެކްޓިވް 12 ކޭސް ތިބި ކަމަށް އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ އެ އަތޮޅުގެ އެހެން ރަށްތަކާއި ކައިރި އަތޮޅުތަކުގެ މީހުން ވެސް ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުކުރާ ރަށެއް ކަމުން ބަލިން ރައްކާތެރިވެ ތިބުމަށް އަބަދުވެސް އެރަށު ކައުންސިލުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް