ads
ފައިޒާގެ ވެކްސިން
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަ ޔޫރަޕުގައި ދީފި
ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ އެންމެ ރައްކާތެރި ވެކްސިން ކަމަށްވާ ފައިޒާ ބައޯއެންޓެކް ވެކްސިން، އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ޖެހުމުގެ ހުއްދަ ޔޫރަޕުގައި ދީފިއެވެ.

މިއީ ޔޫރަޕުގެ ގައުމުތަކުގައި ކުޑަކުދިންނަށް ޖެހުމަށް ހުއްދަ ދިން ފުރަތަމަ ވެކްސިނެވެ.

ޔޫރަޕުގެ މެޑިކަލް އޭޖެންސީއާ ހަވާލާދީ އަލްޖަޒީރާއިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ހުއްދަދީފައިވަނީ އެކަމަށްކުރި ދިރާސާތަކުން ވައިރަސްގެ ސަބަބުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރާކަން ޔަގީންވުމުންނެވެ.

ޔޫރަޕުގެ މެޑިކަލް އޭޖެންސީން ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ވެކްސިން ޖަހައިގެން ކުރި ދިރާސާތަކުން މާބޮޑު ސައިޑް އެފެކްޓުތަކެއް ފެނިފައެއްނުވެއެވެ.

އަދި ވެކްސިނުން އެންމެ ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އާބާދީގެ ކުޑަކުދިންނަށް ވެކްސިން ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ އޭޖެންސީން ވަނީ ފާހަގަކޮށްފައެވެ.

ޔޫރަޕިއަން ޔޫނިއަންއިން ވަނީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ބޭނުންވާ ގައުމުތަކުން ކުޑަކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.

މިހާރު ވެސް އެެމެރިކާއާއި ކެނެޑާގައި އަންނަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް