ads
އާލިއާ އާއި މަހޭޝް ބަޓް
އާލިއާގެ ބައްޕަ އޭނާ ކައިވެނި ކުރުމާ ދެކޮޅު
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ކައިވެނި ކުރުމާ އޭނާގެ ބައްޕަ މަހޭޝް ބަޓް ދެކޮޅުކަމަށް އާލިއާ ބުނެފި އެވެ.
Advertisement

އިންޑިއާގެ ނޫހަކަށް އާލިއާ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ބައްޕަ މަހޭޝް ވަރަށް ހަރުކަށި ކަމަށެވެ. ނަމަވެސް ބައްޕަ އޭނާ އާއި ދައްތަ ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް އާލިއާ ބުނެ އެވެ.

އާލިއާ ބުނެފައި ވަނީ އޭނާގެ ބައްޕަ މަހޭޝް އެއް ފަހަރަކު އާލިއާ ލޯބިވެރިޔާއާ އެކު ބޭރަށް ދާން އުޅުމުން ކޮޓަރީގައި ބަންދު ކުރާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ. އަދި ދައްތަ އާއި އޭނާ ކޮޓަރީގައި ބަންދުކޮށްފައި ބަހައްޓާނީ ކަމަށް ވެސް ބައްޕަ ބުނި ކަމުގައި އާލިއާ ބުނެ އެވެ. އެއީ ބައްޕަ އަބަދުވެސް މަޖަލަށް ކިޔާ އެއްޗިހި ކަމުގައި ވެސް އޭނާ ބުނެ އެވެ.

އާލިއާ ބުނީ ބައްޕަ ވަރަށް ހަރުކަށި ކަމަށާއި އަދި އާލިޔާ އެނާގެ ދައްތަ ދެކެ ލޯބިވާވަރުން ދުވަހަކުވެސް ކައިވެނި ނުކުރުވޭނެ ކަމަށާއި އަދި ބައްޕަ ދޫކޮށް ނުދެވޭނޭ ކަމަށް ބުނާ ކަމަށެވެ.

ފިލްމުތަކުގައި އާލިއާ އެހެން ފިރިހެން އެކްޓަރުންނާއި އެކުގައި އުޅޭ މަންޒަރުތަކާ މެދު ބައްޕަ އެއްޗެކޭ ނުބުނާ ކަމަށް އާލިއާ ބުނެ އެވެ. ނަމަވެސް ބައްޕަ ކުރިމަތީގައި ގޭގައި ފިރިހެން ކުއްޖަކާ އެކުގައި އުޅޭ ނަމަ މޫނު މަތީގައި ބައްޕަ ޖަހާފާނެ ކަމަށް ވެސް އާލިއާ ބުނެ އެވެ.

އާލިއާ މިހާރު އުޅެނީ ރަންބީރު ކަޕޫރްއާ ރަށްޓެހިވެގެނެވެ. އަދި އެ ދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަތަކެއްވެސް މިހާރު ދެކެވެމުން އެބަދެއެވެ.

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް