ކިތަންމެ ވަރަކަށް އެމީހުންގެ ލޯބީގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރި ކަމުގައި ވީނަމަވެސް އެމީހުން އެކަމަކަށް އެއްބަސްވެފައެއް ނުވެއެވެ.
ނަމަވެސް އެމީހުން އެކީގައި އުޅޭ ގޮތާއި އެހެން ގައުމުތަކަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅޭ ގޮތް އަދި އެކީގަ ޑޭޓްތަކަށް ދާ މަންޒަރު ފެންނަ މީހުން އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.
އިންޑިއާގެ މަހަރަސްތުރަ ސްޓޭޓްގެ މުމްބާއި ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން ހަރުކަށި ފިޔަވަޅު އަޅާފައިވަނިކޮށް ދިޝާ އާއި ޓައިގާ ބޭރުގައި ބުރުޖަހަން އުޅޭ މަންޒަރު ފުލުހުންނަށް ފެނުމުން ފުލުހުން ވަނީ އެމީހުން ހުއްޓުވައިފައެވެ.
ހުއްޓުވި ނަމަވެސް އެމީހުންނާމެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެމީހުންނާ މެދު ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް ފުލުހުން ވަނީ އެމީހުންގެ އައިޑީ ކާޑު ބެލުމަށް ފަހު އިތުރު އެހެން ބައެއް މައުލޫމާތު ނަގާފައެވެ.