ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިނިސްޓަރު ފައްޔާޒު-- ފޮޓޯ: ސަން
ވިޔަފާރިތަކަށް ވަރަށް އަވަހަށް ލޯނު ދޫކުރަން ފެށޭނެ: މިނިސްޓަރު
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް އަވަހަށް ލޯނު ދޫކުރަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
Advertisement

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރައްދުގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ވަނީ ކާފިއު އިއުލާނުކޮށްފައެވެ. އަދި އެ ވަގުތުތަކުގައި ފިހާރަތަށް ހުޅުވައިގެން ވިޔަފާރިކުރުން ވަނީ މަނާކޮށްފައެވެ. ޑެލިވަރީއަށް ވަކި ވަގުތުތަކެއް ކަނޑައަޅައި ހުއްދަ ދީފައިވި ނަމަވެސް، ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދަނީ ގެއްލުންވަމުންނެވެ. 

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތަކެއް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ލޯނުތަކަކީ ހާއްސަކޮށް ޖިމްތަކާއި ސެލޫންތަކާއި ކެފޭ ރެސްޓޯރެންޓްތައް ފަދަ ވިޔަފާރިތަކަށް ދޫކުރާ ލޯނު ތަކެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު ދިނުމުގެ ކަންކަން ލަސްވީ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ނަަމަވެސް ވަރަށް އަވަހަށް ލޯނު ދޫކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ކާފިއު ވަގުތުގައި ފިހާރަ ފިހާރައަށް ވަދެ ވިޔަފާރި ކުރާނަމަ ނުވަތަ ކެފޭތަކަށް ވަދެ ޓޭކްއަވޭ ހަދާކަން ފުލުހުންނަށް ފާހަގަ ކުރެވޭނަމަ އެންމެ މަދުވެގެން 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް