ads
މިހާރު ކާޑު ބަލި މުޅިން ތަފާތު ގޮތަކަށް!
މިހާރު ކާޑު ބަލި މުޅިން ތަފާތު ގޮތަކަށް!
ކާޑު ބައްޔަކީ ކާން ނުލިބުމުގެ ސަބަބުން މީހާ މާބޮޑަށް ހިކި، ދެރަވެ އަތްފަޔާއި މޫނާއި ބަނޑު ފޮއްސިވުމެވެ. މިބަލި ދުނިޔޭގެ ފަގީރު ގައުމުތަކުގައި އަދިވެސް ވަރަށް އާންމެވެ. ކާން ނުލިބި ބަނޑުހައި ހޫނުކަމުގައި އެތައް ބަޔަކު މިބަލީގައި މަރުވަމުން އަންނައިރު މިއަދު ފަގީރު ގައުމުތަކޭ އެއްގޮތަށް އަނގަޔާއި އަތާ ދިމާވާ ގައުމުތަކުގައި ވެސް ކާޑު ބަލީގެ މުޅިން ތަފާތު ވައްތަރެއް ދަނީ ފެތުރެމުންނެވެ. މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކާޑު ބަލީގެ މި ދެ ބާވަތް ކުރު ގޮތަކަށް ސާފު ކޮށްދެއްވާފަ އެވެ. އެއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން ޖެހޭ ކާޑު ބައްޔާއި ކާން އޮންނަ މިނަށް ވުރެ އިތުރަށް ކެއުމުގެ ސަބަބުން ޖެހޭ، "ކާޑު" ބައްޔެވެ.
Advertisement
ކާޑު ބައްޔަކީ ކާން ނުލިބުމުގެ ސަބަބުން މީހާ މާބޮޑަށް ހިކި، ދެރަވެ އަތްފަޔާއި މޫނާއި ބަނޑު ފޮއްސިވުމެވެ. މިބަލި ދުނިޔޭގެ ފަގީރު ގައުމުތަކުގައި އަދިވެސް ވަރަށް އާންމެވެ. ކާން ނުލިބި ބަނޑުހައި ހޫނުކަމުގައި އެތައް ބަޔަކު މިބަލީގައި މަރުވަމުން އަންނައިރު މިއަދު ފަގީރު ގައުމުތަކޭ އެއްގޮތަށް އަނގަޔާއި އަތާ ދިމާވާ ގައުމުތަކުގައި ވެސް ކާޑު ބަލީގެ މުޅިން ތަފާތު ވައްތަރެއް ދަނީ ފެތުރެމުންނެވެ. މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކާޑު ބަލީގެ މި ދެ ބާވަތް ކުރު ގޮތަކަށް ސާފު ކޮށްދެއްވާފަ އެވެ. އެއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން ޖެހޭ ކާޑު ބައްޔާއި ކާން އޮންނަ މިނަށް ވުރެ އިތުރަށް ކެއުމުގެ ސަބަބުން ޖެހޭ، "ކާޑު" ބައްޔެވެ.

ދުވަހެއް ދުވަހަކަށް އަހަރެމެންގެ ކެއުމުގެ ވައްޓަފާޅިއަށް ދަނީ ބޮޑު ބަދަލުތަކެއް އަންނަމުންނެވެ. ހާއްސަކޮށް ހަކުރު ހިމެނޭ ބާވަތްތައް ބޭނުން ކުރުން މިވަނީ އިތުރުވެފަ އެވެ. ކޮންމެ ދުވަހަކު ހަކުރު ހިމެނޭ ޕެކެޓު ކާނާއާއި ބުއިންތައް ބޭނުން ކުރުމަކީ އެނގިހުރެ ހަށިގަނޑު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލުން ފަދަ ކަމެކެވެ. އެކަމަކު ހޭލާގޮތަށް ކުޑަ ދަރިފުޅަށް ޕެކެޓުތަކާއި ތަފާތު އެކި ހަކުރު އެކުލެވޭ ލުއި ކާނާގެ ބާވަތްތައް ދިނުމަކީ ދިވެހި މުޖުތަމައުގައި ވެސް އާންމު ކަމެކެވެ.

ކެއްކުމާއި ސައި ހެދުމުގައި ވެސް ހަކުރު ބޭނުންކުރާ މިންވަރު އިތުރުއިރު ދިވެހިން އެންމެ ބޮޑަށް ގަބޫލުކުރާ އެއް ކަމަކީ "ފޮނި އެއްޗެއްނަމަ ފޮނި ރަހަ ގަދައަށް ލާންޖެހޭނެ،" ކަމެވެ. އެކަމަކު އެކަމުގެ ސަބަބުން ހަށިގަނޑަށް ކުރަނީ ކޮން ކަހަލަ އަސަރެއް ކަމެއް ވެސް ގިނަ ފަހަރަށް ނޭނގެ އެވެ. ކެއިން ބުއިމުގައި ހާއްސަ އިސްކަމެއް ގިނަ ފަހަރަށް ދޭނީ ވެސް ހަކުރު ބަލީގެ ޝިކާރައަކަށް ވީމަ އެވެ.

ކައިބޮއެ ހެދުމަށް ގިނަ ޑައިޓުތަކެއް ހަދައިގެން އެއަށް އަމަލުކުރަމުން އައި ނަމަވެސް އެ ޑައިޓްގައި ރިފައިންޑް ކާބޯހައިޑްރޭޓްސް މާގިނަ ނޫންކަން ޔަގީން ހެއްޔެވެ.

ޑރ. ޝާން ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިހާރު ގެންގުޅޭ ޑައިޓުތަކުގައި ރިފައިންޑް ކާބޯހައިޑްރޭޓްސް މާގިނަ އެވެ. މިހާރު ކާން ގެންގުޅޭ ތަކެތި، ހާއްސަކޮށް ޕެކެޓް ކާނާ އަދި ބޮއެ ހަދައި އެކިއެކި ބާވަތްތަކުގައި ވެސް ހަކުރު ހިމެނޭ މިންވަރު ގިނަ ކަމަށް ޝާން ވިދާޅުވި އެވެ.

ރިފައިންޑް ކާބޯހައިޑްރޭޓްސްގެ ތެރޭގައި ހިމެނެނީ ފުށާއި ހުދު ޕާން އަދި ހަނޑުލާއި ޕޭސްޓްރީ، ސޮޕްޓް ޑްރިންކްސް އާއި ޕާސްތާ ފަދަ ތަކެއްޗެވެ. މާގިނައިން މި ބާވަތްތައް ބޭނުން ކުރުމަކީ މީހާ މާބޮޑަށް ފަލަވެ، ހިތުގެ ބައްޔާއި ހަކުރު ބަލީގެ ޓައިޕް 2 އަށް މަގުފަހިވެދާނެ ކަމެކެވެ. އެހެންނަމަވެސް އެ ބާވަތްތަކީ ޑައިޓް ލިސްޓުގެ ތެރޭގައި ގިނަ ގައުމުތަކުން ހިމަނާފައިވާ ތަކެއްޗެވެ.

ތައްޔާރީ ކާނާގައި ފައިބާ ހިމެނޭ މިންވަރު ދަށްވުމުގެ ސަބަބުން ކާ އެއްޗެހި ހަޖަމުވުން އަވަހެވެ. ބަނޑުފުރޭ މިންވަރު އަވަސް އިހުސާސެއް ކުރެވުން ނަމަވެސް އިރުއިރުކޮޅާ ކާހިތްވެސް ވެއެވެ. އެފަދާ ކާނާތައް ކެއުމުގެ ނަތީޖާއަކީ މީހާގެ ހަކުރު މަތިވެ ފަލަވުން އަވަސްވުމެވެ. ނޫންނަމަ ވަރަށް އަވަހަށް މީހާއާ އެކަށީގެންނުވާ ބަނޑެއް ލާނެ އެވެ.

ކޮންމެ ދުވަހަކު ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާގެ ބާވަތްތައް އަހަރެމެންގެ ކެއުމުގައި ބޭނުން ކުރަމުން އަންނައިރު ގްލައިސީމިކް އިންޑެކްސް މާބޮޑަށް މަތިވެގެން ހިނގާދާނެ ފަދަ ކެއުންތައް މަދުކުރަން ޖެހޭ ކަމަށް ޑރ. ޝާން ވިދާޅުވެ އެވެ. ގްލައިސީމިކް އިންޑެކްސްއަކީ ކާނާގައި ހުންނަ ކާބޯހައިޑްރޭޓްސްގެ ސަބަބުން މީހާގެ ލޭގެ ގުލްކޯޒް ލެވެލް ކުރާ ކުރުމަށް ކިޔާ ނަމެކެވެ. އެގޮތުން ގްލައިސީމިކް އިންޑެކްސް މާބޮޑަށް މަތިނަމަ ކާނާ ހަޖަމްވުން އަވަހެވެ. އަދި ދަށްނަމަ ކާނާ ހަޖަމް ވާނީ ލަސް ލަހުންނެވެ.

ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި ގްލައިސީމިކް އިންޑެކްސް ލެވެލް ހުރުން އެންމެ ރަނގަޅީ 45 ނުވަތަ އެއަށް ވުރެ ދަށުގަ އެވެ. އެއަށް ވުރެ މައްޗަށް އިންޑެކްސް ލެވެލް އަރާނަމަ ކޮންޓްރޯލު ކުރަން މަސައްކަތް ކުރަން ޖެހެއެވެ. ސަބަބަކީ ކުރިން ވެސް ފާހަގަކުރި ގޮތަށް މީހާގެ ގްލްކޯޒް ލެވެލް މަތިވުމަކީ ސިއްހީ ތަފާތު އެކި ބަލިތަކުގެ ޝިކާރައަކަށް މީހާ ވެއްޓުމަށް އެހީއަކަށް ވެދާނެ ކަމެކެވެ.

ދެހާސް ސޯޅަ އަދި ސަތާރަ ވަނަ އަހަރު ކުރެވިފައިވާ މޯލްޑިވްސް ޑިމޮގްރަފިކް ހެލްތު ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 40 އިންސައްތަ އަންހެނުންނަކީ ބަރުދަން ހުންނަން ޖެހޭ އާންމު މިންވަރުގައި ތިބި މީހުންނެވެ. އަދި އެގާރަ އިންސައްތަ އަންހެނުން ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރުދަން ލުއިއިރު 30 އިންސައްތަ އަންހެނުންނަކީ ފަލަ މީހުންނެވެ. އަދި 19 އިންސައްތަ އަންހުން މާބޮޑަށް ފަލަ އެވެ.

ހަމަ އެސާވޭގައިވާ ގޮތުން ފިރިހެނުންގެ ތެރެއިން ހުންނަން ޖެހޭ އާންމު މިންގަނޑުގައި ބަރުދަން ހުރީ 51 އިންސައްތަ ފިރިހެނުންގެ އެވެ. އަދި 27 އިންސައްތަ ފިރިހެނުން ފަލައިރު 8 އިންސައްތަ ފިރިހެނުންނަކީ މާބޮޑަށް ފަލަ މީހުންނެވެ.

ފަލަވަނީ މާގިނައިން ކާތީ ކަމަށާއި ހަކުރު ބަލީގެ ސަބަބުން ނޫން ކަމަށް ކުރިން ބައެއް ކާތަކެތި އުފައްދާ ކުންފުނިތަކުން ބުނަމުން އައިނަމަވެސް އެއީ ދޮގެއްކަން ދާދިފަހުން އެމެރިކާއިން ހެދި ދިރާސާއަކުން ވެސް ވަނީ ދައްކާފަ އެވެ. އެގޮތުން ފަލަ ކުދިންތަކެއް ބޭނުންކޮށްގެން ނުވަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ދިރާސާއިން ވަނީ ހަކުރުގެ ބާވަތްތައް އެންމެ ނުވަ ދުވަހު ބޭނުން ނުކުރުމުން ވެސް ހަށިގަނޑުން ރަނގަޅު ބަދަލުތައް ފެންނަން ފަށާކަމަށް ދައްކާފަ އެވެ.

ބަރުދަން އިތުރުވެ، ކޮލެސްޓްރޯލް މައްސަލަތައް ދިމާވުމުގެ އިތުރަށް ސްޓްރޯކް ޖެހުމަކީވެސް ހަކުރު މައްޗަށް ދާނަމަ ކުރިމަތިވެދާނެ ކަމެއް ކަމުން ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ހާއްސަކޮށް ދުޔަހެޔޮ ދިރިއުޅުމަކަށް ލޯބި ކުރަން ޖެހެއެވެ. ލުއި ކާނާ ނުވަތަ ތައްޔާރީ ކާނާއަކީ ކިތަންމެ ކާހިތްވާ އެއްޗެއްނަމަ ވެސް އެތަކެއްޗާ ދުރަށް ޖެހިލަން ޖެހެ އެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާނަމަ ހަށިގަނޑަށް ފައިދާ ހުންނަ ކާނާތައް ކެއުން އިތުރުކޮށް ކަސްރަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ނޫންނަމަ ޒަމާނީ ކާޑު ބަލީގެ ޝިކާރައަކަށް ވުން ދުރެއް ނޫނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް