ads
ކަނޑު ގަދަ ދުވަހެއް-- ފޮޓޯ: ޕީއެސްއެމް
މޫސުން ގޯސްވެ، އުތުރުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފި
މޫސުން ގޯސްވެ، އުތުރުގެ ރަށްތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފިއެވެ.
މޫސުން ގޯސްވެ، އުތުރުގެ ރަށްތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފިއެވެ.

މެޓް އޮފީހުން ހއ އަތޮޅުން ޅ އަތޮޅަށް މިއަދު ހެނދުނު 09:15 އިން މެންދުރުފަހު 15:15ގެ ނިޔަލަށް ވައިޓް އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ ފުވައްމުލަކު ސިޓީން އައްޑޫ ސިޓީއަށް މިއަދު 08:30 އިން މެންދުރު 12:00 ގެ ނިޔަލަށް ވެސް ވަނީ ވައިޓް އެލާޓު ނެރެފައެވެ.

ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތަކަށް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި ދެކުނުގެ ކަނޑުތަކަށް ކެރިގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވުން އެކަށީގެންވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް