ads
އެލްޖީއޭގެ ރައީސްކަމަށް މިއަދު ވަނީ ފިނޭންސް މިނިސްޓަރު ޒަރީރު އައްޔަނުކުރައްވާފަ
އެލްޖީއޭގެ ރައީސްކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު
ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާ ޕްރައިޒަސް ހަސަން ޒަރީރު މިއަދު އައްޔަން ކުރައްވައިފި އެވެ.
Advertisement

ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސް އައްޔަންކުރައްވާ ވަޒީރެވެ.

ފިނޭންސް މިނިސްޓަރަކަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު އައްޔަން ކުރެއްވީ 30 ސެޕްޓެމްބަރު 2024 އިން ފެށިގެން އެ މަގާމު ފުރުއްވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޒަރީރު ވަނީ ފިނޭންސް މިނިސްޓްރީ އާއި މީރާގައި ކުރިން ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިއުގެ މަގާމު 2007 އިން 2010 އަށް އަދާކުރެއްވި އެވެ.

މި ސަރުކާރުގައި ފުރަތަމަ ލޯކަލް ގަވަމެންޓް މިނިސްޓްރީއެއް އޮތް ނަމަވެސް، މިދިޔަ އޭޕްރިލް މަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އެ މިނިސްޓްރީ ވަނީ އުވާލައްވައިފަ އެވެ. އެއަށްފަހު ފިނޭންސް މިނިސްޓަރު ކައުންސިލްތައް ރެގިއުލޭޓްކުރާ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރެއްވިއިރު، މީގެ ކުރިން އެ މަގާމުގައި ހުންނަވަނީ ހޯމް މިނިސްޓަރެވެ.

މި ސަރުކާރުގައި އެލްޖީއޭގެ ސީއީއޯގެ މަގާމު ވެސް ދެ ފަހަރެއްގެ މަތިން ބަދަލުކުރިއިރު ފުރަތަމަ ހުންނެވީ ޑރ. މަރިޔަމް ޒުލްފާއެވެ. އެއަށްފަހު މިހާރު ހުންނެވީ ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;