ads
ހޯމް މިނިސްޓަރ އިމްރާންއާއި ސީޕީ ހަމީދު
ކޮމިޓީއަށް ސީޕީ ހަމީދު ހާޒިރުކޮށްފި
ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތާ ބެހޭގޮތުން މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ނިމިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައީސް ނަޝީދަށް ދެވުނު ވަރުގަދަ ސެެކިޔުރިޓީ ފޫއަޅުވާލި ގޮތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ހާޒިރުވުމަށް ސީޕީ ހަމީދު ހިމެނޭހެން ބައެއް އިތުރު ފުލުހުންނަށްވެސް ވަނީ ނޯޓިސް ލިބިފައެވެ. 

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީގައި ފުރަތަމަ ހާޒިރުކުރުމަށް ނިންމާފައިވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަމަށެވެ. މަޖިލީހުގެ އެންގުމުގެ މަތިން ސީޕީ ހަމީދު ވަނީ ދާދި ދެންމެއަކު މަޖިލީހަށް ހާޒިރުވެފައެވެ.

މީގެ އިތުރުން މަޖިލީހުގެ 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމުގައިބުނެ އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުވުމަށް އެ މުއްސަސާއިން ދެކޮޅު ހަދާފައިވީ ނަމަވެސް، ނޯޓިސް ލިބިފައިވާ ފުލުހުން އެ ދުވަސްތަކުގައި ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީ ވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް