ads
އަލީ އާޒިމް
ދަބަހުގައި ގެންދިޔައީ ހަލާލު އެއްޗެއްކަމުގެ ޔަގީންކަން ދެން: އާޒިމް
ދަބަހަކަށް އަޅައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ގެންދިޔަ ކަމަށް ވިދާޅުވި ދިޔާ އެއްޗަކީ ހަރާން އެއްޗެއް ނޫންކަމުގެ ޔަގީންކަން ދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

“އާޒިމް އުފުލިކަމަށް ބުނާ ދިޔާ އެއްޗަކީ އެއީ ކޮން އެއްޗެއްތޯ؟”ސީއެންއެމްގެ “އިތުރުކާފު”ޕްރޮގްރާމުގައި ސުވާލުކުރުމުން ވިދާޅުވީ، ކުރިން ދެއްވި އިންޓަވިއުއެއްގައި އެއީ ކަރުދާސް ނޫންކަމަށް ޔަގީން ކޮށްދިނިން ކަމަށާއި މިއަދު އެއީ ހަރާން އެއްޗެއް ނޫންކަން ޔަގީންކޮށްދެން ކަމަށެެވެ. 

" ކުރީގެ އިންޓަވިއުއެއްގަ އަޅުގަނޑު ޔަގީންކޮށްދިނިން އެއީ ކަރުދާސް ނޫންކަަމަށް އިނގޭތޯ. މި އިންޓަވިއުގަ އަޅުގަނޑު ޔަގީން ކޮށްދޭނަން އެއް ވާހަަކަ، ހަރާން އެއްޗެއް ނޫންކަމަށް. އެ ނިމުނީނު " އާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެއީ ހަރާން އެއްޗަކަށް ނުވިޔަސް ގެންދެވީ ކޯކު ފުޅިއެއްތޯ؟ ނުވަތަ އެނާޖީ ޑްރިންކެއްތޯ؟ ސީދާ ސާފުކޮށް ދިނުމަށް ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ނޫސްވެރިޔާ ވަނީ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. އެހެންނަަމަވެސް އާޒިމް ވިދާޅުވީ، އެވާހަކަ އަދި މިވަގުތައް ދައްކަން ބޭނުންނުވާ ކަމަށާއި، ދެމަސްވަރު ފަހުން އެއީ ކޯޗެއްކަން ހާމަކުރައްވާނެ ކަމަށެވެ. 

" އަޅުގަނޑަށް އަދި އެހަށް ބާއްވަދީ އަދި ދެމަހަށްފަހު، އަޅުގަނޑު މިވަގުތު ހަމަ އަދި އެހަށް ބޭނުންނުވަނީ އެވާހަކަ ދައްކަން. އަޅުގަނޑު މިވާހަކަ ހަމަ މިދޫކޮށްލަނީ ހަމަ ވަކި ބޭނުމެއް އޮވެގެން އިގޭތޯ، މިވާހަކަ ސުވާލު އުފެދޭގޮތަށް. އެހެންވީމަ އަޅުގަނޑު މި ދަންނަަވަނީ އަޅުގަނޑު ދެމަހެއްހާ ފަހުން އެއީ ކޯޗެއްތޯވެސް ބުނެދޭނަން. މީޑިއާގަ ބުނެދޭނީވެސް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެއީ ކޯޗެއްކަން އާޒިމްއަށް އެނގޭކަމަށާއި، ހަމަގައިމުވެސް އެއީ ހަރާން އެއްޗެއް ނޫންކަމަށެެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އާޒިމްގެ ނަން ހިމެނުމާއިއެކު ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ އަދީބާއި ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ގެންދިޔައީ ކަރުދާހެއް، ނޫނީ ފައިސާއެއް ނޫން ކަމަށާއި، އެއީ ދިޔާއެއްޗެއް ކަމަށެވެ.  

10%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް