ads
އަފްގާނިސްތާން ގައި ކާރެއް ގޮއްވާލާފައި
އަފްގާނިސްތާންގައި ކާރެއް ގޮއްވާލުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެއްޖެ؛އަލްޖަޒީރާ
އުތުރު އަފްގާނިސްތާނުގައި ކާރެއް ގޮވުމުގެ ސަބަބުން 11 މީހުން މަރުވެއްޖެކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން ބުނި ގޮތުގައި މިކަން ހިނގާފައި ވަނީ ހޮނިހިރު ދުވަހު އެކާރު މަގުމަތީގައި އިން މައިނަކަށް އެރުމުގެ ސަބަބުންނެވެ. އުތުރު އަފްގާނިސްތާން ގެ ގަވަރުނަރު ވިދާޅުވި ގޮތުގައި މި ހާދިސާގައި ކުޑަ 3 ކުދިން ވެސް މަރުވެފައިވާ ކަމަށެވެ. 

މިކަމުގެ ޒިންމާ އަދި އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން ނަގާފައިނުވާ އިރު ގަވަރުނަރު ވިދާޅުވަނީ މި ގޮވުން ގޮވާފައިވަނީ ތާލިބާނުން ހަރުކޮށްފައި އިން މައިން އަކަށް އަރާފައި ކަމަށެވެ. މި ގޮވުން ހިނގާފައިވަނީ ތާލިބާނުން ގެ ލީޑަރުން ޔުނައިޓަޑް ނޭސަން ގެ އިސްވެރިންނާއި ބައްދަލުކޮށް އަފްގާނިސްތާނުގައި ތިބި އެހެން ގައުމު ތަކުގެ ޑިޕްލޮމެޓުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ގެ ރައްކާތެރި ކަމާއި އަފްގާނިސްތާން ގެ އަމާން ކަމާއި މެދު ވާހަކަ ދެއްކުމެގެ ގަޑިއިރުތަކެއް ކުރިންނެވެ. މިބައްދަލު ވުމެގެ ކުރިން ތާލިބާނުން ވަނީ އަފްގާނިސްތާން ގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ޑިޕްލޮމެޓުން އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަން ޔޫއެން ގެ އިސްވެރިންނައް ދީފައިއެވެ. 

އަފްގާނިސްތާނުގައި ހިނގަމުންއަންނަ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރުގެ ފުރަތަމަ 3 މަސްތެރޭގައި 1800 އަފްގާނިސްތާންގެ އާންމުން ވަނީ މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް