ads
ސީޒަން އަލީ
ގިނައީ ސައިބޯނި ބޮތްކެތްހެން ފަޅައިގެންދާ ފަންނާނުން: ސީޒަން
ގިނަ ފަންނާނުންގެ ޑިސިޕްލިން އެއްވެސް ވަރަކަށް މިހާރު ނެތްކަމަށާއި، މަަސައްކަތަށްދޭ އަހުމިއްޔަތުކަންވެސް ވަަރަށް ކުޑަކަމަށް ފިލްމީ ތަރި އަލީ ސީޒަން ބުނެފިއެވެ.
Advertisement

ސީޒަން މިހެން ބުނީ ދާދިފަހުން ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނީ ކުރިއާ އަޅާބަލާއިރު މިހާރު ފިލްމީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކާބެހޭ ގޮތުން ކުރެވުނު ސުވާލަކަަށް ޖަވާބުދެމުންނެވެ.

ސީޒަން ބުނީ ފިލްމު ކުޅުމަކީވެސް މަސައްކަތެއް ކަމަށާއި ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްވެސް ނޫންކަމަށެވެ. އަދި މިހާރުގެ ގިނަ ފަންނާނުން ސީޒަން ސިފަކޮށްފަވަނީ " ސައިބޯނި ބޮތްކެތްހެން ފަޅައިގެންދާ" ބައެއްގެ ގޮތުގައެވެ. 

ގިނައީ ސައިބޯނި ބޮތްކެތްހެން ފަޅައިގެންދާ ފަންނާނުންކަން ފާހަގަކުރަމުން ސީޒަން ބުނީ، އެކަން އެހެންވަނީ ހުނަރު ނެތިގެން ނޫންކަމަށާއި، އެ އެފޯޓް ހަމަ ނުލެވެނީ ކަމަށެވެ.

" މަސައްކަތެއްދޯ މިކުރަނީ، ފިލްމުކުޅުމަކީ މަސައްކަތެއް އެހެންވީމަ ކޮންމެ ކޮންމެ މީހަކަށް ނުކުޅެވެނީ. ކިތައް މީހުން ނިކުމެއްޖެ؟ ހަމަ ސައިބޯނި ބޮތްކެއްހެން ޕޮއްކިޔާފަ ދަނީނު އެ އެފޯޓު ނުލެވެނީ ހަމަ" -ސީޒަން-

ސީޒަން ބުނީ އަމިއްލަ ކަންކަން މުހިންމުވުމުން މަސައްކަތައް ދޭންޖެހޭ އަހުމިއްޔަތުކަން ނުދެވެނީ ކަމަށެވެ. އަދި އޭނާ އެވާހަކަތައް އިޝާރާތްކުރަނީ ހުރިހާ ފަންނާނުންނަަށް ނޫންކަމަށާއި، އެހެންނަމަވެސް މިހާރު ގިނަ ބަޔަކު އުޅެނީ އެހެންކަން އޭނާ ފާހަގަކުރިއެވެ. 

"މަސައްކަތައްވުރެ މުހިންމުވޭ ރަށްޓެހިންގެ ބާތުޑޭތައް، އެނިވާސަރީ، ކޮންމެވެސް ދަތުރެއްދާން، ކޮންމެވެސް ޕާޓީއަކަށްދާން ނޫނީ، ރޭގަނޑު ހޭލާ ހުރެފަ ދުވާލު ނިދަން، މި އެއްޗެހި އަސްލު އިމްޕޯޓެންޓު ވީމަ މަސައްކަތައް ދޭންޖެހޭ އަހުމިއްޔަތުކަން ނުދެވެނީ" -ސީޒަން-

ސީޒަން ބުނީ، ކޮންމެ ވާހަކައެއް ދެއްކިޔަސް އެ ހަގީގަތް ބަދަލުނުވާނެ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ކެރިއަރުގައި މީގެ ކުރިން ނުފެންނަވަރުގެ މަަަސައްކަތްތަކަށް ޝައުގުވެރިވެގެން ކުރިއަށްދާން ބޭނުންވާ ކުދިންވެސް އެބައުޅޭކަމަށެވެ. އެެހެންކަމުން އެފަަދަކުދިން ނެތެކޭވެސް ނުބުނާނެ ކަމަށާއި، އެފަދަ ކުދިން މަދީ ކަމަށް ސީޒަން ބުނެފައިވެއެވެ.  

ސީޒަންއަކީ ފިލްމީ ދާއިރާގައި ބޮޑު ފޭން ބޭސްއެއް އޮންނަ މަޝްހޫރު ފަންނާނެކެވެ. އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ހައިސިއްޔަތުންވެސް ސީޒަންގެ މަސައްކަތްތައް ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
88%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް