ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުން - ފޮޓޯ: ފައިނު އޮންލައިން
ފައިނުގައި ބޮޑު އެކްސިޑެންޓެއް, ދެ ކުއްޖެއްގެ ހާލު ސީރިއަސް
ރ. ފައިނުގައި މިރޭ 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއް، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ
Advertisement

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް މިރޭ ގާތްގަނޑަކަށް 21:30 ހާއިރު ގެންގޮސްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކަސްރަތަށް ހިނގަން ގޮސް އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. ސައިކަލު ދުއްވީ 18 އަހަރު ނުވާ ދެ ކުދިން ކަމަށް މައުލޫމާތު ލިބެ އެވެ.

މި އެކްސިޑެންޓުގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް