ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މީގެ ފަސް އަހަރު ކުރިން ގެއްލުނު ނަސްރުﷲ: އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަނީ ނިންމާފައި - ފޮޓޯ: އޭދަފުށި ޓައިމްސް
ފަސް އަހަރު ކުރިން ގެއްލުނު މީހެއްގެ މައްޗަށް މާދަމާ ކަށު ނަމާދު ކުރަނީ
ކަނޑުމަތީގެ އެކްސިޑެންޓެއްގައި 2020 ވަނަ އަހަރު ގެއްލުނު ނަސްރުﷲ އަބްދުﷲ ގެ މައްޗަށް އޭނާގެ އުފަން ރަށް، ބ. އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.
Advertisement

ނަސްރުﷲ ގެއްލުނީ 2 ޖެނުވަރީ 2020 ގައި ބ. އަނގަފަރު ފަޅު ކައިރިން އޭނާ އާއި އިތުރު ދެ މީހަކު ތިބި ޑިންގީއާއި ލޯންޗެއް ޖެހި ހިނގި ހާދިސާގަ އެވެ. ނަސްރުﷲ ހޯދަން ކަނޑާއި ވައިގެ މަގު ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ނަސްރުﷲ ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން، މަސްޖިދު ޔޫސުފް އަދި މަސްޖިދު މުހައްމަދު އަލީގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަސްރުﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމީ އޭނާގެ މަރު މިދިޔަ އޭޕްރިލް މަހު އޭދަފުށީ ކޯޓުން ސާބިތުކޮށްދިނުމުންނެވެ.

ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ނަސްރުﷲ ގެއްލުން އެކްސިޑެންޓުގައި ޑިންގީ އަޑިއަށްގޮސް އޮތީ، ދޮންފަނާއި އެ އަތޮޅު އަނގަފަރާ ދެމެދުން، ކަނޑުގެ 46 މީޓަރު އަޑީގަ އެވެ. އެ ޑިންގީ ފެނުނީ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުންނެވެ. 

ޑިންގީ ދެ ފަޅިވެ އަޑިއަށް ދިޔައިރު ޑިންގީގައި ދެން ތިބި މީހުން ސަލާމަތްވި އެވެ. ޑިންގީގެ ފަހަތުގައި އިން ނަސްރުﷲ ކަނޑަށް ވެއްޓި، އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުންނާއި ރޮބޮޓް ބޭނުންކޮށްގެން ބޮޑު ސަަރަހައްދެއް ބަލައިފަ އެވެ. އެކަމަކު ނަސްރުﷲ ފެނިފައެއް ނުވެ އެވެ.

ޑިންގީ ފެނުނު ސަރަހައްދުން، ޑިންގީއެއްގެ އިންޖީނުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވެސް އެދުވަހު ޑައިވަރުން ވަނީ ނަގައިފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް