ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި އިމިގްރޭޝަނުން އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: އިމިގްރޭޝަން
678 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި އައްޑޫން 83 ބިދޭސީއަކު އަތުލައިގެންފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އައްޑޫ ސިޓީގައި ބޮޑު އޮޕަރޭޝަނެއް ހިންގާ 83 ބިދޭސީއަކު އަތުލައިގެންފި އެވެ.
Advertisement

"އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި އިއްޔެ ފެށި މި އޮޕަރޭޝަނަކީ އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

މި ރެއިޑް އޮޕަރޭޝަންގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހް އާއި ޑެޕިއުޓީ ކޮންޓްރޯލާ އަހުމަދު އަޝްފާން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި 678 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ސައްހަ ވިސާ ނެތް 83 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ 75 ފަރާތަކަށް ނޯޓިސް ދީފައި ވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނަކަށްވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަނީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 6،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް