ads
މެމްބަރު މީކާއިލް ނަސީމް----
ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވުނީމަ އެރީ ކަރަށް ފައިން: މީކާއިލް
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެން މަޖިލީހަށް ހޮނުވު މެންބަރުން، މިއަދު ރައީސް ނަޝީދުގެ ކަރަށް ފައިން އަރާފައިވާ ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކައީލް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލި މައްސަލަ އާ ގުޅިގެންނެވެ.

 އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ އެ މައްސަލަ ބޭރުކޮށްލުމުން މީކާއިލް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަިއ މީކާއިލް ވިދާޅުވީ ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން ތިބި މެންބަރުން، އެމަނިކުފާނު އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިންއަރަން ހިފާލާނީ ވަރަށް ގޮތެއް ފޮތެއް ނެތުމުން ކަމަށެވެ.

ހަސަން ޒަމީލުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތާ ބެހޭގޮތުން މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ފަރާތުން ހަސަން ޒަމީލު ސޮއިކުރައްވާ ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒައް އަރައިގެންފައިވާ ކަމަށް ބުނެއެވެ. އަދި އެ މައްސަލަ ބެއްލެވުމަށްޓަކައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށްވެސް ރޭ ވަނީ ފޮނުވާފައެވެ.

އެ މައްސަލަ ސުލޫކީ ކޮމިޓީ އިން ބޭރުކޮށްލުމަށް ވޯޓުދެއްވީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކަމަށް ވަނީ އަޑުތަކެއް ފެތުރިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް