ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރުގެ ދަތުރުތަކުން 3.21 ބިލިއަން ރުފިޔާ ލިބުނު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ވަޒީރު ކަމުގެ ފުރަތަމަ އަހަރުގައި ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ހޯދި ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ވަޒީރު ކަމުގެ ފުރަތަމަ އަހަރުގައި ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ހޯދި ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

2018 ނޮވެމްބަރު 17 އިން 2019 ނޮވެމްބަރު 17 ދުވަހުގެ ނިޔަލަށް މިނިސްޓަރު ޝާހިދު ކުރެއްވި ރަސްމީ ދަތުރުގެ ހަރަދުގެ ތަފްސީލް ހޯދުމަށް ދިވެހި ރައްޔިތަކު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅުއްވުމާއި ގުޅިގެން، އެމައުލޫމާތު އެ މިނިސްޓްރީން ހިއްސާކުރައްވަމުން ވިދާޅުވީ 2018 ނޮވެމްބަރު 17 އިން 2018 ޑިސެމްބަރު 31 އަށް މިނިސްޓަރ ޝާހިދު ރަސްމީ 2 ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި ދެ ދަތުރުގެ ޖުމްލަ ހަރަދެއް ގޮތުގައި ހިނގާފައިވަނީ 194،590.40ރ އެވެ. އަދި 2019 ވަނަ އަހަރު ޖެނުއަރީ 1 އިން 2019 ނޮވެމްބަރު 17 އަށް މިނިސްޓަރ ޝާހިދު ކުރެއްވި 18 ދަތުރުގެ ޖުމްލަ 2،646،289.14ރ ވަނީ ހަރަދުވެފައިވާ ކަމަށެވެ.

އެހެންކަމުން ވަޒީރުކަމުގައި ހޭދަވި 1 އަހަރު ތެރޭގައި، މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޖުމްލަ 20 ދަތުރުގެ ޚަރަދުވެފައިވަނީ 2،840،879.54 ރުފިޔާ ކަމަށާއި މިނިސްޓަރު ޝާހިދުގެ މިދަތުރުތަކަކީ އެކިއެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް އެޤައުމުތަކަށް ކުރެއްވި ބައިލޭޓަރަލް ދަތުރުތަކަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އެކި ޖަމްއިއްޔާ ޖަމާޢަތްތަކުގެ ހައި-ލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައެއް ޤައުމުތަކަށް ކުރެއްވި ފުރަމާނަ ދަތުރުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުތަކެކެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހި، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ހައްޤު މަޤާމް ދިވެހިރައްޖެއިން މިއަދު ވަނީ ހޯދާފައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި މި ގުޅުންތަކާއިއެކު، ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެމުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ޤައުމުތަކުން، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2019 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވެވި ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އަބޫދާބީން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ މިނިސްޓަރު ޝާހިދު އެދުވަހުގެ އިރު އޮއްސުނު ވަގުތު ފޯނުން ގުޅުއްވައި، ދެންނެވި ވާހަކަވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެރޭ ވާނީ ފާހަގަކުރައްވާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ މިނިސްޓްރީ އޮފް ފިނޭންސް އިން މިހާރު ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. މިނިސްޓަރު ޝާހިދުގެ ފުރަތަމަ އަހަރު ދަތުރުތަކަށް ހަރަދުވީ 2.8 މިލިއަން ރުފިޔާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް