ބޮޑުހިލައިގެ ދެވަނަ ބާޖް ރޮޖެކްޓް ސައިޓަށް ގެންގޮސްފައިވަނީ މިއަދުއެވެ.
އެމަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.
އަދި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެެވެ.
ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ އެމަޝްރޫއަކީ 53.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.