އިންޑިޔާއާ ބަންގްލަދޭޝް މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އިންޑީޔާގެ ދެ ލަނޑުވެސް ކެޕްޓަން ސުނިލް ޗެތްރީ ޖެހީ ފަހު ހާފުގައެވެ. މިއީ ކޮލިފައިންގައި މި ފަހަރު އިންޑިޔާއިން އަދި މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވެފައިވާއިރު އަނެއް ތިން މެޗުންވީ ބައްޔެވެ.
އިންޑިޔާއާ ބަންގްލަދޭޝްގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ އަފްޣާނީސްތާނު އަދި އޮމާނާ ގަތަރެވެ.