"މިއާންޒް ކެއާސް" ނަމުގައި އެ ކެއާ ޕެކޭޖްތަކެއް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެެވެ.
މައިކޮލެޖުން އިންތިޒާމުކޮށް، މިއާންޒް ގްރޫޕުގެ އެހީތެރިކަމާއެކު، މިއަދު ހެލްތު މިނިސްޓްރީއާއި ހަވާލުކުރި ކެއާ ޕެޖޭކްތަކުގައި، ހިކިކިރާއި، ހަކުރާއި، ބިސްކޯދާއި، ކޮފީ އަދި ސައިފަތް ހިމެނެއެވެ. އޭގެ އިތުރުން ކޭކާއި، ކަދަރުވެސް އެ ކެއާ ޕެކޭޖްތަކުގައި ހިމެނެއެވެ.
މިކެއާ ޕެކޭޖްތައް ޖުމްލަ 10 ފެސިލިޓީއަކަށް ފޮނުވާނެއެވެ.
ކެއާ ޕެކޭޖްތައް ފޮނުވާނެ ފެސިލިޓީތައް:
މި ޕެކޭޖްތައް ހެލްތު މިނިސްޓްރީއާއި ހާވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އާއި އެތަކެތި ހަވާލުކުރެއްވީ މައިކޮލެޖުގެ ސީއީއޯ މުހައްމަދު ހަލީމެވެ.
"މިއާންޒް ކެއާސް"ގެ ނަމުގައި ސިއްހީ އެހީތެރިންނަށް ކެއާ ޕެކޭޖްތައް ހަދިޔާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގެ މައުލޫމާތު ދެއްވަމުން މައިކޮލެޖުގެ ރެކްޓަ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ، ފެސިލިޓީތަކުގައި މަސައްކަތްކުރައްވާ ސިއްހީ އެހީތެރިން މަސައްކަތް ކުރައްވަމުންދަނީ ވަރަށް ބުރަކޮށް ކަމަށާއި، އެކެއާ ޕެކޭޖްތައް ހަދިޔާކުރުމުގެ މަގުސަދަކީވެސް މަސައްކަތުން ލިބޭ ހުސް ވަގުތުކޮޅުގައި ކެވޭނެފަދަ ކާބޯތެކެތި ހަދިޔާކުރުން ކަމަށެވެ.
އަދި މައިކޮލެޖްގެ ފަރާތުން މިފަދަ ކަމެއްގައި ބައިވެރިވުމުގެ އެންމެެ ބޮޑު މަގުސަދަކީ އެ ކޮލެޖުގެ އެކި ކަންކޮޅުތަކުގައި ހުރި 18 ބްރާންޗުގެ 3000 ދަރިވަރުން އެފަދަ ކަންކަމަށް ޝައުގުވެރިކުރުވާ އެކަންކަމުގައި ބައިވެރި ކުރުވުން ކަމަށް ލަމްޔާ ވިދާޅުވިއެވެ.