ads
ނައިފަރު ދާއިރާ މެމްބަރު ޝިޔާމް
އައްޑޫސިޓީގައި އިންޑިޔާގެ ކޮންސިއުލޭޓެއް އޮންނަން ނުޖެހޭ: ޝިޔާމް
އައްޑޫ ސިޓީގައި ކޮންމެހެން އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނުޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

ވިސާ ހޯދުމަށްޓަކައި އައްޑޫ ސިޓީގައި ކޮންމެހެން އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނުޖެހޭކަމަށް އިދިކޮޅު ކޯލިޝަންގެ މެމްބަރު، އަދި ރައްޔިތުން މަޖިލީހު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޝިޔާމް މިހެން ވިދާޅުވީ ރޭ ސީއެންއެމް ގެ "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައްޑޫސިޓީގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ވާހަކަ ދެކެވެމުންދަނީ 25 މެއިގައި އިންޑިޔާގައި ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު، ކެބިނެޓުން އެގޮތަށް ފާސްކުރުމަށް ފަހުގައެވެ. 

ސީއެންއެމްގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމު ވިދާޅުވީ މިތަނުގައި ހުރި އެމްބަސީއިން ނުކުރެވޭ އިތުރު ކަމެއް ކޮންސިއުލޭޓް އޮފީހެއް ގާއިމްކޮށްގެން  އައްޑޫ ސިޓީގައި ވާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި މިއީ ވަރަށް ޓެކްނޮލިޖީ ކުރިއަރާފައި ވާ ދުވަހެއްކަމަށެވެ. ހަމަ އެހެންމެ އެފަދަ އެމްބަސީއެއް އައްޑޫގައި ގާއިމު ކުރުމުން އެއްވެސް ފަސޭހައެއް ވެދާނެތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި ފަށޭހައެއް ވެދާނެތޯވެސް ވަނީ ޝިޔާމް ސުވާލު އުފައްދާފައެވެ. 

ކޮން ފަސޭހައެއްތޯ ވާނީ؟ އަޅުގަނޑަށް ވިދާޅުވެދެއްވާ ވާނެ ފަސޭހައެއް؟ ވަރަށް ގިނަ ބޭފުޅުން އެބަ ވިދާޅުވޭ މެޑިކަލް ވިސާ އިޝޫ ކުރަން އޭގައި ފަސޭހަތަކެއް ވެދާނެ ކަމަށް. ކީއްވެގެންތޯ އަޅުގަނޑޫމެން މިހާ ގުޅުން ގާތް ދެ ގައުމުން އަޅުގަނޑުމެން ކީއްވެގެންތޯ އެއި މެޑީކަލް ވިސާ އެއްވިޔަސް، ވިސާ ނަގަން މި ޖެހެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެން ޔަގީނުންވެސް ބޯޑަރު މި އޮންނަނީ ހުޅުވާލާފަ. އޮން އެރައިވަލްގަ ވިސާ އެބަ އިޝޫކުރޭ މިތާނގަ. އަދި ދިވެހިރާއްޖޭގެ ޕާސްޕޯޓަކީ އެނގިވަޑައިގަންނަވާނެ ވަރަށް ވަރުގަދަ ޕާސްޕޯޓެއް. ޝިޔާމް ވިދާޅުވިއެވެ.

އަދި އިންޑިޔާއަށް ބޭސް ފަރުވާއަށް ދާ މީހާ ކިޔޫގަ ޖެހިގެން ނުވަތަ ރާއްޖޭގައި ހުންނަ އެމްބަސީއަކަށް ހުށަހަޅައިގެން މެޑިކަލް ވިސާއެއް ޖައްސަން ޖެހެނީ ކީއްވެތޯވެސް ވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް އިންޑިޔާއިން ބޭސްފަރުވާއަކަށް އަންނަ މީހަކަށްވެސް އަދި ރިހިބިލިޓޭޓް ވާން އަންނަ މީހަކަށްވެސް އާދެވޭކަމަށެވެ. އަދި ކޮވިޑްގެ ހާލަތުގައިވެސް ޓްރާންސިޓް ހަބެއްގެ ގޮތުގައިވެސް ރާއްޖެ ބޭނުންކުރި ކަމަށް ޝިޔާމް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންޑިޔާގެ މެދުއިރުމަތީގައި މަސައްކަތް ކުރައްވާ ރައްޔިތުން އެތަނުގައި ކަރަންޓީން ނުވެ ދިވެހިރާއްޖެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުަގައި ބޭނުން ކުރެވުނު އިރުވެސް އޮން އެރައިވަލް ވިސާ ނޫން ގޮތަކަށް ރާއްޖޭގެ ވިސާ ނުބާއްވާ ކަމަށެވެ. 

މީގެ އިތުރުންވެސް އިންޑިއާއަކީ އައިޓީ ކުރިއަރާފައިވާ ތަނަކަށްވާއިރު އޮންލައިންކޮށް ވިސާ އިޝޫ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އަދި ފިސިކަލް އެމްބަސީތަކަށް ޕާސްޕޯޓް ފޮނުވައިގެން އެކަން ކުރާފަދަ ޒަމާނެއް ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ވިސާ ހޯދަން ކޮންމެހެން އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް އޮންނަން ނުޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް