ads
މީޑިއާ ނެޓް
މީޑިއާނެޓުން އެމްއެސްޓީވީ ތައާރަފްކޮށްފި
އޮންލައިން އެޕްލިކޭޝަން “އެމްއެސްޓީވީ”މީޑިއާނެޓުން ތައާރަފުކޮށްފި އެވެ.

 މީޑިއާނެޓުގެ 16 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެމްއެސްޓީވީ ތައާރަފް ކޮށްފިއެވެ. 

އެމްއެސްޓީވީ އަކީ އެންޑްރޮއިޑް ޓީވީ އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ލައިވް ޓީވީ ޗެނެލް ތަކާއިއެކު، ތަފާތު އެކި ވީއޯޑީ ލައިބްރަރީގައި ހިމެނޭ، މީޑިއާނެޓުގެ އޮރިޖިނަލް އުފެއްދުންތައްވެސް އެއްތަނަކުން ފަސޭހަ ކަމާއިއެކު ބަލައިލެވޭނެ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ގޫގަލް ޕްލޭ ސްޓޯރުން ޑައުން ލޯޑް ކުރެވޭނެއެވެ.

އޭގެތެެރޭގައި މީޑިއާޓުގެ އުފެއްދުންތައް ކަމަށްވާ، “ރޫމީ އާއި ޖަންނަތު”، “ލަމްސް ކިޗެން” އަދި “މަރިޔަމް” ފަދަ މީޑިއާނެޓުގެ އަމިއްލަ އުފެއްދުންތައް ބަލާލެވޭނެއެވެ. 

އެމްއެސްޓީވީގެ އެންމެ ހާއްސަ އެެއްކަމަކީ އެ އެޕްލިކޭޝަނަކީ އެއްްވެސް އެސްޓީބީ/ ޑީކޯޑަ އަކާއިވެެސް ނުލާ ބޭނުންކުރެވޭނެ އެޕްލިކޭޝަން އަކަށްވާކަމެވެ. މީޑިއާނެޓުން ބުނީ، މި އެޕްލިކޭޝަނަށް ރަޖިސްޓަ ވުމަށް އެމްއެސްޓީގެ ވެބްސައިޓް އަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް އެދޭކަަމަށެވެ. ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމުން މީޑިއާނެޓުގެ ޓެކްނީޝަނެއް ގެއަށް ވަޑައިގެން އެގެއެއްގެ ޓީވީ މީޑިއާނެޓު ފައިބަ ނެޓުވޯކާއި ގުޅުމުން ރަޖިސްޓްރޭޝަން ފުރިހަމަ ވާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ. 

މީޑިއާނެޓުން ބުނީ ކަނެކްޝަން ގުޅައިދިނުމަށް ކަސްޓަމަރުންގެ އަތުން އިތުރު ފީއެެއް ނުނަގާނެ ކަމަށެވެ.  

މީޑިއާނެޓުން އިތުރަށް ބުނީ މިވަގުތު، އަލަށް ތައާރަފްކުރި އެމްއެސްޓީވީ އެޕްލިކޭޝަނާއެކު، ޓީވީ މޯސިއޭކާއި، ފާއިތުވި ހަތަރު ދުވަހުގެ ޕްރޮގްރާމްތައް ބަލާލެވުމުގެ އިތުރުން ސެޓިން ރިމައިންޑާސް، ޕޮސް އެންޑް ޕްލޭ، އަދި ރިވަންޑު ކުރެވޭ އާ ފީޗާއެއްވެސް އެޕްލިކޭޝަންގައި ހިމެނޭނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް