
ޝާހިދުގެ އަންހެނުން މީރާ އިންސްޓަގްރާމުގައި އެންމެ ފަހުން ކޮއްފައިން ޕޯސްޓުގައި ފެނިގެންދަނީ ޝާހިދު ކެރަމް ކުޅެމުންދާ މަންޒަރެވެ. އެގޮތުން މި ވީޑިއޯގައި ޝާހިދު ކުއީން ކަވަރު ކުރާ މަންޒަރު ދައްކުވައިދެއެވެ.
މި ވީޑިއޯގެ ކެޕްޝަންގައި "ކުއީން އެންޑް ކަވަ" މިހެން ޖަހާފައިވެއެވެ. ޝާހިދު އާއިއެކު ކެރަމް ކުޅުމުގައި ބައިވެރިވެފައިވަނީ، ޝާހިދުގެ އަންހެނުން މީރާ އާއި ކޮއްކޮ އިޝާންގެ އިތުރުން ޝާހިދުގެ މަންމަ ނެލީމާ އެވެ.
ޝާހިދު އާއި މީރާ 2015 ވަނަ އަހަރު ކައިވެނިކޮއްފައިވާއިރު، ކައިވެންޏަށް މިހާރު މިވަނީ ހަ އަހަރު ފުރެން ކައިރިވެފައެވެ. މި ދެމަފިރިންނަށް މިހާރު ވަނީ ދެ ދަރިންވެސް ލިބިފައެވެ. މީރާ އަދި ޝާހިދުވެސް އިންސްޓަގްރާމުގައި ދެމަފިރިންގެ އިތުރުން ދަރިންގެ ފޮޓޯތައް ފޭނުންނާއި ހިއްސާކުރެއެވެ. މީގެ އިތުރުން މި މަހުގެ ކުރީކޮޅު މީރާ ވަނީ ޝާހިދު އޭނާއަށް ހަދިޔާކުރި މާބޮނޑިއެއްވެސް އިންސްޓަގްރާމުގައި ހިއްސާކޮއްފައެވެ.
ޝާހިދު އާއި މީރާގެ އުމުރުގައި ގާތްގަނޑަކައް 13 އަހަރުގެ ތަފާތެއް އުޅުނު ނަމަވެސް މި ދެމަފިރިން ފެނިގެން ދަނީ އަބަދުވެސް ވަރައް ލޯބިން އުޅޭ މަންޒަރެވެ.