ads
ރައިސް އެކްނީ ހީލިންގ ކްރީމް
މޫނުގައި ބިހި ނަގަނީތަ؟ މި ކްރީމް ޓްރައިކޮށްލަބަ!
މޫނުގެ ހަންގަނޑު ކުރަކިވުމާއި، ބިހިނެގުން ފަދަ ކަންކަމަކީ ގިނަ ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ.

ނަމަވެސް މިއޮތީ މިކަމަށް ހައްލެކެވެ. ގޭތެރޭގައިވެސް ވަރަށް ފަސޭހައިން ތައްޔާރު ކޮއްލެވިދާނެ މި ޕޭސްޓް ބޭނުންކޮށްލައިގެން ހަންގަނޑު އޮމާން ކޮށްލެވިދާނެއެވެ. 

ކްރީމް ތައްޔާރު ކުރަން ބޭނުންވާނެ ތަކެތި: 

2 ސަމްސާ ހިކި ކިރު 

1 ސަމްސާ މާމުއި 

2 ސަމްސާ ހަނޑޫ (މުގުރާފައި)

ތައްޔާރުކުރާނެ ގޮތް: 

އެންމެ ފުރަތަމަ ހަނޑޫ ކުޑަ ފެންކޮޅަކަށް އެޅުމަށްފަހު 12 ވަރަކަށް ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު މުގުރާލާށެވެ. މިގޮތަށް މުގުރާ ހަނޑޫފުށްކޮޅު ފުރިޖުގައި ބަހައްޓައިގެން ފަހުންވެސް ބޭނުން ކުރެވިދާނެއެވެ. 

your imageހަނޑޫ ފެނަށް އަޅާފައި

ދެން ކުޑަ ތައްޓެއްގައި 2 ސަމްސާ ހަނޑޫފުށް، 2 ސަމްސާ ހިކި ކިރު ކޯސްޓް ނުވަތަ (އެހެން ބްރޭންޑެއްވެސް ބޭނުންކުރެވިދާނެއެވެ.) އަދި 1 ސަމްސާ މާމުއި ރަނގަޅަށް މިކްސް ކޮށްލާށެވެ. 

މިހާރު މިހުރީ ކްރީމް ތައްޔާރުވެފައެވެ. 

your imageރައިސް އެކްނީ ހީލިންގ ކްރީމް ތައްޔާރުކުރަނީ 

ބޭނުން ކުރާނެ ގޮތް: 

މޫނު ރީތިކޮށް ދޮވެލުމަށްފަހު މޫނު ރަނގަޅަށް ޓިޝޫ އަކުން ނަމަވެސް ފޮހެލާށެވެ. ދެން އެއަށްފަހު މި ކުރީމް މޫނުގައި އުނގުޅާލާށެވެ. 

ކްރީމް މޫނުގައި އުނގުޅާލުމަށްފަހު އެއްކޮށް ހިކެންދެން ބަހައްޓަންވާނެއެވެ. ދެން އެއަށްފަހު ހުސް ފެންކޮޅަކުން މޫނު ސާފުކޮށްލާށެވެ. އެންމެ ފަހަރަކުންވެސް ތަފާތުފެންނާނެއެވެ. މި ކްރީމް މިގޮތަށް ހަފްތާއެއްގެ އެއްފަހަރު ނުވަތަ 2 ފަހަރުވެސް ބޭނުންކުރެވިދާނެއެވެ. 

މި ކްރީމްގެ ސަބަބުން މޫނުގެ ހަންގަނޑު އޮމާން ކޮށްލަދީ ކުލަ އަލި ކޮށްލަދޭނެއެވެ. އަދި މޫނުގައި ބިހިނެގުން ހުއްޓި ކުރިން ނަގާފައި ހުރި އެކްނީތައްވެސް ރަނގަޅު ކޮށްލަދޭނެއެވެ. 

50%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް