ads
ރާނީ އެލްޒަބަތު، ޕްރިންސަސް ޑަޔާނާ، އަދި ހެރީ އާއި މެގަން ދަރިކަަލުން އާޗީ އާއެކު——ފޮޓޯ:ސީއެންއެމް
ހެރީ އާއި މެގަންގެ 2ވަނަ ދަރިފުޅު ރާނީ އާއި ޑަޔާނާއަށް ހާއްސަ
އިނގިރޭސި ވިލާތުގެ ވަލީ އަހުދް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަންގެ ފުރަތަމަ ދަރިފުޅަކީ އަޗީ ހެރިސަން މައުންޓްބަޓެން ވިންޑްސޯ އެވެ. ހެރީ އާއި މޭގަންއަށް އަލަތު ފިރިހެން ދަރިކަލުން އާޗީ ލިބިވަޑައިގެންނެވީ 06 މެއި 2019 ވަނަ އަހަރެވެ.
Advertisement

މިހާރު އަންހެން ދަރިކަނބަލަކުވެސް ލިބިވަޑައިގަންފައިވާއިރު، އެ ދަރިކަނބަލުންގެ ނަން ހާއްސަކޮށްފައިވަނީ ހެރީގެ މާމާފުޅު، އިގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އާއި ހެރީގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ އަށެވެ.

އެގޮތުން މެގަން އަދި ހެރީގެ ދެވަނަ ދަރިކަނބަލުގެ ނަމަކީ ލިލިބެޓް ޑަޔާނާ މައުންޓްބަޓެން ވިންޑްސޯ އެވެ.

"ލިލިބެޓް" އަކީ މާމާފުޅު، ރާނީ އެލިޒަބަތުގެ ވަނަމެވެ. ބުނެވޭގޮތުން މިފަހަކުން އަވަހާރާވި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ޕިލިޕްސް ރާނީ އެލިޒަބަތަށް ލޯބިން ކިޔާ އުޅެނީ “ލިލިބެޓް”އެވެ.

ހެރީގެ މަންމާފުޅުގެ ނަންފުޅު “ޑަޔާނާ” ދަރިކަނބަލުގެ ނަމުގެ ފަހަތަށް ގުޅުވާފައިވާއިރު، މަންމާފުޅު ޕްރިންސަސް ޑަޔާނާ ވަނީ ހެރީ ވަރަށް  ތުއްޕުޅުއިރު އަވަހާރާވެފައެވެ. ޕްރިންސަސް ޑަޔާނާއަކީ އެކަމަނާގެ ހަޔާތުގައި އިންސާނިއްޔަތައް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަނބަލެކެވެ. ޝާހީ އާއިލާގެ ބޭފުޅަކާ ކައިވެނި ބައްލަވާގެން ނަމަވެސް ޑަޔާނާ ފާހަގަކުރެވުނީ ޝާހީ ދިރިއުޅުމަށް އިންކާރުކުރައްވާ ސާދާ ދިރިއުޅުމަކަށް ލޯބި ކުރެއްވި ޕްރިންސެސްއެއްގެ ގޮތަށެވެ. މި ސަބަބަށްޓަކައި އެކަމަނާއަކީ ގިނަ ބައެއްގެ ލޯބިލިބިވަޑައިގެން “ހިތްތަކުގެ ޕްރިންސަސް”ގެ ގޮތުގައި ގިނަ ބަޔަކު މުހާތަބުކުރި ހަމައެކަނި ޝާހީ ކަނބަލެވެ. ޕްރިންސަސް ޑަޔާނާ އަވާހާރާވެފައިވަނީ އެކްސިޑެންޓުވެ، ސީރިއަަސް އަނިޔާތަކަކާއިއެކު ފަރުވާދެމުންދަނިކޮށް 1997ވަނަ އަހަރުގެ އޮގަސްޓު 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ދަރިކަނބަލުން ލިލިބެޓް ޑަޔާނާއަށް ލޯބިން ވިދާޅުވާނީ ލިލީ އެވެ. ލިލީ އުފަންވެފައިވަނީ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައެވެ. މި ދަރިކަނބަލުން ވާނީ ރާނީ އެލިޒަބަތުގެ 11 ވަނަ މުނިމާމަ ދަރިކަބަލުންނަށެވެ. އަދި އިނގިރޭސި ތަހުތަށް އޮތް ތަރުތީބަށް ބަލާ ނަމަ ނުވަ ވަނަ އަށް ހުންނެވި ބޭފުޅާ އަށެވެ.

ޝާހީ އާއިލާއާ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ޝާހީ ޒިންމާތައް ދޫކޮށްލައްވައި ހެރީއާއި މެގަން ވަނީ އެމެރިކާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް