ads
ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގެ ތެރެއިން----
ފާޑުކިޔުންތަކާއެކު އެންމެ ފަހުން ކައުންސިލްގެ ޖަލްސާތައް ލައިވްކުރަން ފާސްކޮށްފި
ކޮރަޕްޝަނާ ދެކޮޅަށް ހުށަހެޅި އިސްލާހުތައް ޕީޕީއެމް މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ބޭރުކޮށްލުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއެކު، ސިޓީ ކައުންސިލްގެ ޖަލްސާތައް އާންމުކޮށް ހުޅުވާލުމަށާއި ލައިވް ކުރަން ފާސްކޮށްފިއެވެ.

ކައުންސިލްގެ ހިންގާ ގަވާއިދު ފާސްކުރުމަށް މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހުށަހެޅުނު އިސްލާހުގައި ކައުންސިލް ހިންގާނެގޮތުގެ 13 މާއްދާއަކަށް އިސްލާހުތަކެއް ހުށަހެޅާފައިވެއެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ސްޕަ މެޖޯރިޓީއޮތް ޕީޕީއެމްގެ ކައުންސިލަރުންގެ ވޯޓުން، މި 13 މާއްދާގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހި ނުވާނެގޮތަށް ހުށަހެޅުނު 15 އިސްލާހެއް ވަނީ ފާސްނުކޮށް ބޭރުކޮށްލާފައެވެ.  

މި މައްސަލަ ބޭރުކުރުމުން މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ވަނީ އެކަމާމެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިކަމާ ގުޅިގެން މޭޔަރު މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ އެހެން ކައުންސިލަރުންނަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އެއާއެކު މޭޔަރުގެ އިސްނެންގެވުމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުއްގައި، މީގެ ތެރެއިން ބައެއް އިސްލާހު ހުށަހަޅައި ވަނީ އަލުން ފާސްކޮށްފައެވެ.

އެގޮތުން މިއަދު ފާސްކޮށްފައިވަނީ ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ޖާގަހުރި މިންވަރަކުން ފަހިކޮށްދިނުމަށް އޮތް އިސްލާހާއި ކައުންސިލްގެ ޖަލްސާތައް އާއްމުކޮށް ފެންނާނެހެން މީޑިއާ މެދުވެރިކޮށް އުނިއިތުރަކާއި ނުލާ ދެއްކުމާއި އިއްވުމަށް ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން ޖަލްސާތަކުގެ ޔައުމިއްޔާގެ އޯޑިއޯ، ރިކޯޑިންގެ އިތުރަށް ކޮންމެ ކަމެއްގެ ޔައުމިއްޔާ އަކުރުން އަކުރަށް ބަލަހައްޓަންވާނެ ކަމަށް އޮތް އިސްލާހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް