ads
އޮލިމްޕިކް ކޮމިޓީގެ ރައީސް ޗަމްޕީ
އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ޗަމްޕީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ މަގާމަށް، ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބބްދުއްސައްތާރު( ޗަމްޕީ) އިންތިޚާބުކޮށްފިއެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ މަގާމަށް ޗަމްޕީއާ ވާދަކުރެއްވީ ބެޑްމިންޓަން އެސޯސިއޭޝަންގެ މޫސާ ނާޝިދުއެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު އޮތީ މިއަދު މެންދުރުއެވެ. އިންތިޚާބުގައި ރައީސްކަމުގެ މަގާމަށް ޗަމްޕީވަނީ އެގާރަ ވޯޓު ހޯއްދަވާފައެވެ. އެއީ އަށާރަ ވޯޓުގެ ތެރެއިންނެވެ. މޫސައަށް ލިބިވަޑައިގެންނެވީ ހަތް ވޯޓެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ކަމަށް އިންތިޚާބުވީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް އަދި، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް