ads
އޫރިދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯގެ މެޗްތައް ކޮންމެތާކު ތިބެގެންވެސް މިހާރު ބަލާލެވޭނެ
އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020 ގެ މެޗްތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި އޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމެއް ކަމުގައިވާ ސޮނީ ލިވް އާއި ޕާޓްނަ ޝިޕެއްގައި ސަޮއިކޮށްފި އެވެ.

އެ ޕާޓްނަޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އިއްޔެ ވަނީ ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަން އާއިއެކު މެޗުތައް ބަލާލުމަށް 20ޖީބީ ގެ ޑޭޓާ އެންމެ 250 ރުފިޔާއަށް ލިބޭ ހާއްސަ ޕެކޭޖެއް "ޔޫރޯ 2020 ޕެކް" ގެ ނަމުގައި ތައާރަފްކޮށްފައެވެ.

ތިރީސް ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ ކަަމަށް އޫރިދޫއިން ބުނެއެެވެ. 

މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ހާޢްސަ ހަދިޔާއެއްގެގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް، 2ޖީބީ ޑޭޓާ، މަންތްލީ ޕްލޭން، ސުޕަނެޓް 50އެމް އަދި 100އެމް ގެންގުޅުއްވާ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އޫރިދޫއިން ބުނެއެވެ. އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ސޯޝަލް މީޑިއާއަށް ހާއްސަ ކުރެވިފައިވާ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ 2020 ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.

އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމަޝަލް އޮފިސަ، ހުސެން ނިޔާޒް ވިދާޅުވީ، ފުޓުބޯޅައަކީ ފެށުނީއްސުރެ ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އެއްބައިވަންތަކަމުގެ ރޫހު އާލާ ކުރުވާ ކުޅިވަރެ ކަމަށާއި ދިގު އިންތިޒާރަކަށްފަހު ދުނިޔޭގެ އެކި ހިސާބުތަކުން ޔޫއެފާ ޔޫރޯ 2020 ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ހަމަ އެ ފޯރީގައި އޫރިދޫގެ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް އާއެކު މި ތައާރަފް ކުރެވުނު ހާއްސަ އޮފަތައް މެދުވެރިކޮށް، ކޮންމެތާކު ތިއްބަވައިގެންވެސް ޔޫރޯ 2020 ގެ މެޗުތައް ބަލާލުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަގޮތުގައި ޔޫރޯ މުބާރާތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުން" ޔާޒް ވިދާޅުވިއެވެ.

އެއޮފަގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800 އާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ، ސުޕަނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކުރައްވާފައިވާ ކަސްޓަމަރުންނަށާއި، އަލަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް 11 ޖޫން 2021 އިން ފެށިގެން ސޮނީ ލިވް ގެ ޕްރީމިއަމް ކޮންޓެންޓްއަށް އެއްމަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބިވަޑައިގަންނަވާނެ ކަަމަށް އޫރިދޫއިން ބުނެއެވެ. އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅުއްވާ ފަރާތްތަކާއި އަލަށް ނަންގަވާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބިވަޑައިގަންނަވާނެ ކަމަށް އޫރިދޫއިން މައުލޫމާތު ދެއެވެ.

ސޮނީ ލިވް އަކީ ސޮނީ ޕިކްޗަސް އިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ހިދުމަތެކެވެ. އެއް ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމް ކުރެވޭއިރު، މި ޕްލެޓްފޯމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯ، ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލާލެވޭނެއެވެ.

އޫރިދޫއިން ބުނީ ޔޫރޯ ޕެކް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ހިދުމަތް ހޯދުމަށް އޫރިދޫ އެޕަށް އަށް ޒިޔާރަތްކުރުމަށް އެދޭ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހ އިތުރު މައުލޫމާތު ހޯދުމަށް އޫރިދޫ/ ސޮނީ ލިވް ވެބްސައިޓަށް އަށް ޒިޔާރަތް ކުރުމަށް އޫރިދޫއިން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް