ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ޗައިނާ މިރޭ ބައްދަލުކުރާއިރު، ރާއްޖެއާ ޗައިނާ މީގެ ކުރިން ފަސް ފަހަރު ބައްދަލުކޮށްފައިވާއިރު އެ ފަސް މެޗުންވެސް ރާއްޖެވަނީ ބަލިވެފައެވެ.
ރާއްޖެއާ ޗައިނާ އެންމެ ފަހުން ވާދަކޮށްފައިވަނީ މިހާރު ހިނގަމުން މިދާ ވޯލްޑްކަޕް ކޮލިފައިންގައި ދެހާސް ނަވާރަވަނަ އަހަރު މާލޭގައެވެ. އެ މެޗުން ރާއްޖެ ބަލިވީ ފަސް ލަނޑު ސުން ލަނޑުންނެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ޔޫއޭއީގައި މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖޭން ނުކުންނައިރު، އެންމެ ފަހުން ކުޅުނު މެޗުގައި ރާއްޖެވަނީ ސީރިއާ އަތުން ހަތަރު ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އަނެއްކޮޅުން ޗައިނާއިން ކުޅުނު އެންމެ ފަހު މެޗުގައި އެ ޓީމުންވަނީ ފިލިޕީންސް އަތުން ދެ ލަނޑު ސުން ލަނޑުން މޮޅުވެފައެވެ.