 
                                                                                                
                    އިންޑިއާގެ މުނިފޫހި ފިލުވާ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ ޕިންކް ވިލާއިން ރިޕޯޓްކުރާ ގޮތުގައި މި ޕެންޑެމިކާއި ގުޅިގެން ހުއްޓިފައިވާ ޝޫޓިން ފަށާނީ މި މަހުގެ 25 ދުވަހު އެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ގާތް މީހަކާއި ހަވަލާދީ އެ ނޫހުން ރިޕޯޓްކުރާގޮތުގައި ޝޫޓިން ކުރިއަށް ދާނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކާއި އެކީގައެވެ.
އިނގިރޭސި ވިލާތް، އެމެރިކާ އަދި ސައުތު އެފްރިކާއަށް ނިސްބަތްވާ ފިލްމުގެ ވީއެފްއެކްސް ޓީމު މިހާރުވެސް އަންނަނީ ފިލްމުގެ ކަންކަމުގައި ހަރަކާތްތެރި ވަމުންނެވެ.
މި ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހު އެވެ.