ads
ސިދާތު އާއި ސުޝާންތު
ސިދާތު ޕިޓާނީ ބެއިލްއަށް އެދި ހުށަހަޅައިފި
2020 ވަނަ އަހަރު ޖޫން މަހު މަރުވެފައި ހުއްޓައި ފެނުނު ބޮލީވުޑްގެ އެކްޓަރު ސުޝާންތް ސިންގް ރާޖްޕްތްގެ މަރުގެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ އޭނާގެ ރޫމްމޭޓް ސިދާތު ޕިޓާނީ ބެއިލްއަށް އެދި ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސިދާތުގެ މައްޗައް ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތާއި ސުޝާންތުއަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގެ ތުހުމަތެވެ. އެހެން ނަމަވެސް އެ ތުހުމަތުތަކަކީ އޭނާގެ މައްޗަށް ކުރެވޭނެ ތުހުމަތުތަކެއް ނޫންކަމަށް ސިދާތުގެ ވަކީލް ބުނެފައިވާކަމަށް ހިންދުސްތާން ޓައިމްސްގައި ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ސިދާތުގެ ވަކީލް ބުނެފައިވަނީ ސިދާތުއާއި ދެކޮޅަށް އެއްވެސް ހެއްކެއްވެސް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. 

މި މައްސަލައިގައި ސިދާތު ހައްޔަރު ކޮށްފައިވަނީ މޭ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ސިދާތު ދަނީ މިމަހުގެ 26ގައި ކައިވެނި ކުރަން ތައްޔާރުވަމުން ކަމަށްވެސް އޭނާގެ ވަކީލު ވަނީ ބުނެފައެވެ. 

ރިޕޯޓުތައް ބުނާ ގޮތުން ސުޝާންތު މަރުވެފައި ހުއްޓާ އެންމެ ފުރަތަމަ ފެނިފައިވަނީ ވެސް ސިދާތުއަށެވެ. 

ސުޝާންތުގެ މަރަށް އަހަރެއް ވާން ކައިރިވެފައި ވާއިރު މިމަރުގެ ހަގީގަތް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ސުޝާންތުގެ މަރާއިއެކު ބޮލީވުޑްގެ ފަންނާނުންގެ މެދުގައި ޑްރަގްގެ ބޮޑު ނެޓްވޯކެއް އޮތްކަމުގެ މައަސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި އެކަމާއި ގުޅިގެން އިންޑިއާގެ ނާކޮޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ތަހުގީގަށް ބޮލީވުޑްގެ ގިނަ ތަރިން ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް