ބައިޑަން މިހެން ވިދާޅުވެފައިވަނީ ރައީސް ކަމާއި ހަވާލުވެވަޑައިގެން ފަހުން ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުގައި ލަންޑަންގައި ވާހަކަ ދައްކަވަމުންނެވެ. ބައިޑެން އިތުރަށް ވިދާޅުވީ ބޭނުން ވަނީ ވީހާވެސް އަވަހަށް މި ކޮވިޑް ގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށްކަމަށާއި އުއްމީދަކީ މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.
މިއަހަރު ފަހުކޮޅު 200 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށް ދެއްވާނެކަން ފާހަގަކޮށް ބައިޑަން އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރު 300 މިލިއަން ޑޯޒް ފޮރުކޮށްދެއްވާނެ ކަމަށެވެ.
އދ. އިން ހިންގާ ޕްރްރާމަށް ކޯވެކްސް ދެއްވާނެކަމަށް ބައިޑަން ކުރިން ވަނީ ވިދާޅުވެފައިއެވެ. ކޯވެކްސް މެދުވެރިކޮށް 2 ބިލިއަން ޑޯޒް 2021 ނިމުމުގެ ކުރިން ފޯރުކޮށްދިނުމަކީ އދ. އުންމީދެކެވެ.