ads
ކޮވިޑް-19 ޓެސްޓް--
ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފަށައިފި
ރާއްޖެއިން ކޮވިޑަށް އިތުރު 295 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 138 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 146 މީހުންނާއެކު ޖުމްލަ 295 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ބާކީ އިން 11 ކޭސް ޕޮޒިޓިވްވެފައިވަނީ ރިސޯޓުތަކުންނެވެ.

މި އަދަދަކީ އިއްޔެއާ ބަލާއިރު ދަށް އަދަދެކެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ 323 މީހުންނެވެ. މިއީ ފާއިތުވި ހަފްތާގައި އަދަދުތައް 300 އަށް ވުރެ ދަށްވި ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 69،831 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 56،559 އަށް އަރާފައެވެ. 

މިވަގުތު ހޮސްޕިޓަލްތަކުގައި 111 މީހަކަށް ފަރުވާދެމުން ދެއެވެ.

މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 192 އަށް އަރާފައެވެ.

މޭ މަހު ކޮވިޑްގެ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެގެން ދިޔަ ނަމަވެސް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ކޭސްތަކުގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް