ads
މާރާމާރީއެއް ހިންގާފައިވާ ސަރަހައްދެއްގައި ފުލުހުން ޓޭޕް ދަމާފައި-- ފޮޓޯ: ފުލުހުން
ނޫސްވެރިންގެ ފާސް އަޅައިގެން ތިބި ބަޔަކު ގަރާޖަކަށް ވަދެ ހަމަލާދީފި
ނޫސްވެރިންގެ ފޭކު ފާސްތަކެއް އަޅައިގެން ތިބި ބަޔަކު ހުޅުމާލޭގައި، ގަރާޖެއްގައި ހުރި ޓެކްނީޝަނަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އެ ސާވިސް ސެންޓަރުގެ ވެރި ފަރާތުން ބުނީ މިކަން ހިނގާފައިވަނީ މިއަދު ހަވީރު 06:25 ގައި ކަމަށެވެ. 

އޭނާ ބުނީ އެތަނަށް އައި ހަ މީހުންގެ ގުރޫޕުން ތިބީ ނޫސްވެރިކަމުގެ ފާސް އަޅައިގެން ކަމަށެވެ. އަދި އެމީހުން އައީ ޖީއެން ސައިކަލެއް ސާވިސް ކުރަން ކަމަށާއި ފުރަތަމަ ސައިކަލު ސާވިސް ކޮށް ނިމުމުން ލާރި ދައްކަން ބުނުމުން އިތުރު ސައިކަލެއް ގެންނަ ކަމަށާއި ލާރި ދައްކާނީ ދެ ސައިކަލު އެކީގައި ކަމަށް އެމީހުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އަދި ދެވަނަ ސައިކަލު ގެނެސް ސާވިސް ކުރުމަށް ފަހު ވެސް އެމީހުން ލާރި ދައްކަން ދެކޮޅު ހެދި ކަމަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

އޭނާ ބުނީ ހަމަލާ ދީފައިވަނީ އެތަނުގައި އެވަގުތު ހުރި ބިދޭސީ ޓެކްނީޝަނަށް ކަމަށެވެ. އަދި ހަމަލާ ދީފައިވަނީ ދަގަނޑު ބުރިއާއި ކަތިވަޅި ފަދަ އެއްޗެހިން ކަމަށެވެ.

މާރާމާރީ ހިންގާ ޒަހަމްކޮށްލި ޓެކްނީޝަނަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާއަށް އެކި ވަރުގެ އަނިޔާތައް ވަނީ ވެފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގުރޫޕުގެ ހަ މީހުންގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވަނީ ދެ މީހުންނެވެ. ދެން ތިބި މީހުން ވަނީ ފިލައިފައެވެ. 

ފުލުހުން ވެސް ވަނީ ނޫސްވެރިންގެ ފޭކް ފާސްތަކެއް ބޭނުން ކުރާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް