ads
އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޒިދާން
ފުރަތަމަ ފަހަރަށް އަންހެން ފިރިހެން އެއްވަރު ގޭމްސްއެއް
ޕެރިހުގައި މިހާރު ފެށިގެންދާ އޮލިމްޕިކް ގޭމްސްއަކީ، ގޭމްސްގެ ތާރީހުގައިވެސް އަންހެން އެތްލީޓުންނާއި ފިރިގެން އެތްލީޓުން އެއް އަދަދަކަށް ވާދަކުރާ ފުރަތަމަ ގޭމްސްއެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި 5250 އަންހެން އަދި އަދި ހަމަ އެ އަދަދަށް ފިރިހެން އެތުލީޓުން ބައިވެރިވެއެވެ. މިއީ، އޮލިމްޕިކްސްގެ ދިގު ތާރީހުގައި ވެސް އަންހެން އަދި ފިރިހެން އެތްލީޓުން އެއް އަދަދަކަށް ބައިވެރިވާ ފުރަތަމަ ފަހަރެވެ. 

މި ފަހަރުގެ ގޭމްސްގައި އަންހެނުންގެ 152 އިވެންޓާއި ފިރިހެނުންގެ 157 އިވެންޓް އަދި ދެ ޖިންސުގެ އެތުލީޓުން އެކުގައި ވާދަކުރާ، 20 އިވެންޓް އޮންނާނެއެވެ.

އޮލިމްޕިކްސް ފެށިގެން އައީ، އެންމެ 2.2 އިންސައްތަ އަންހެން އެތްލީޓުންގެ ބައިވެރިވުމާއެކުއެވެ. އަދި ކުރިން ބައެއް ގޭމްސްގައި އަންހެން އެތުލީޓުން ފިޒިކަލީ ބަލިކަށި ކަމަށް ބުނެ، ބައެއް ކުޅިވަރުތަކުން މަހްރޫމް ކުރިއެވެ. އެކަމަކު، ފަހުން، ހުރިހާ ކުޅިވަރެއްގައި ވެސް އަންހެން އަދި ފިރިހެން އެތުލީޓުންނަށް، ތަފާތު ކުރުމެއް ނެތި ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

އަންހެން އެތްލީޓުންގެ ބައިވެރިވުމުގެ ނިސްބަތް އިތުރުވަމުން އިތުރުވަމުން ގޮސް އެންމެ ފަހުން މި ފަހަރު ދެ ޖިންސު އެއްވަރުވީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް