ads
ހުޅުމާލޭގައި އެސްޓީއޯއިން އެޅި 5 ތަރީގެ ހޮޓާ.
އެސްޓީއޯ ހޮޓާ މީޑިއާ ވިލެޖަށްް ބަދަލުކުރަނީ
އެސްޓީއޯއިން ހުޅުމާލޭގައި އަޅަން ފެށި ހޮޓާ ހިުރި ބިމުގައި މީޑިއާ ވިލެޖް ގާއިމުކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުިއއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެސްޓީއޯގެ ހޮޓާ ހުރި އިމާރާތް ދޫކޮށްލަން އެ ކުންފުނިން ނިންމާފައިވާތީ އެ ބިން ސަރުކާރަށް ނަގާފައިވާކަމަށެވެ. އަދި އެތަނުގައި މީޑިއާ ވިލެޖް ގާއިމުކޮށް ބައެއް ފްލޯތައް މީޑިއާތަކަށް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

" އެތަނުގެ ބައެއް ފްލޯތައް ހާއްސަކުރެވޭނީ މި ދެންނެވި މީޑިޔާ ވިލެޖު ޤާއިމުކުރުމަށް. ކޮންމެ މީޑިއާއަކަށް ހަމަޖެހޭ އުސޫލަކުން ވަރަށް ކުޑަ އަގެއްގައި އެމީހުންގެ އޮފީސް ހިންގަން އެތަނުން ޖާގަ ދޫކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސްް ވިދާޅުވީ މީޑިއާތަކަށް ދުވަހަކު ނުލިބޭ ރަނުގެ ފުރުސަތުތައް އެތަނުން ފޯރުކޮށްދެެއްވާނެކަމަށެވެ. އެގޮތުން އެ އިމާރާތުގައި ފެންވަރު ރަނަގަޅު ސްޓޫޑިއޯތަކާއި ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ އާލާތައް ގާއިމުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. 

މީޑިއާތައް ހިންގެވުމަށްް މީޑިއާ ވިލެޖެއް ގާއިމިކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ. 

އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާލަކީ 5 ތަރީގެ ހޮޓަލެކެވެ. މި ތަނަކީ ރެޑިސަން ބްލޫއާއެކު އެސްޓީއޯއިން ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުންދިޔަ ހޮޓަލެކެވެ.

މިހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 250 އެނދުގެ ހޮޓާ ވިއްކާލުމަށް އެސްޓީއޯ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް