ads
ޑޯނިއާގައި އަނެއްކާވެސް ބަލި މީހުން އުފުލަނީ
އިންޑިއާއިން ރާއްޖެއަށްް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ތަކުގައި އަނެއްކާވެސް ބަލި މީހުން އުފުލަން ފަށައިފިއެވެ.
Advertisement

ޑރ. މުިއއްޒު ވެރިކަމަށް ވަޑައިގަތީ އިންޑީއާ ސަރުކާރުން ރާއްޖެއަށްް ހަދިޔާކޮށްފައިވާ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިން ފޮނުވާލާނެކަމުގެ ވައުދާއެކުއެވެ. އަދި ވެރިކަމަށް ވަޑައިގެން ޑޯނިއާ އަދި ހެލިކޮޕްޓަރުގައި ބަލި މީހުން އުފުލުން ހުއްޓުވާ އެއާ އެމްބިއުލާންސްގެ ނަމުގައި ބޯޓެއް ގާއިމުކޮށް އެ މަސައްކަތް ފެށިއެވެ. 

އޭގެފަހުން އެ ބޯތްތަކުގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު އެ ބޯޓް އުފެއްދި ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ މުވައްޒަފުން ގެނައެވެ. އެކަމާއި ގުޅިގެން ހަމައެކަނި ޔުނީފޯމް ބޭލީކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. 

މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ރޭ ވިދާޅުވީ އިންޑިއާ ޔުނީފޯމް އެޅި ސިފައިން ބޭލުމަށްްފަހު ގެނައި މަދަނީ މީހުންނާއި އެކު ފުރަތަމަ ފަހަރަށްް އިއްޔެ ޑޯނިއާގައި ހދ. ހަނިމާދޫން މާލެއަށް ބަލި މީހަކު އުފުލާފައިވާކަމަށެވެ. 

" މިލިޓަރީގެ ބަދަލުގައި މަދަނީ މީހުން އޮޕްރޭޓު ކުރަންފެށި ފަހުން ފްލައިޓު ބަލި މީހަކު ގޮވައިގެން މާލެއަށް އެއައީ އިންޑިއާގެ ޕްލެޓްފޯމުގައި. އެކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު މަދަނީ މީހުން ގެނައި ހިންދުސްތާން އޭރޯނޮޓިކްސް ލިމިޓަޑް (ހާލް) އަކީ އިންޑިއާ ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުންޏަކީ އެއާކްރާޕްޓް، ހެލިކޮޕްޓަރު، އޭވިއޯނިކްސް، މުވާސަލާތީ ސާމާނު އަދި މިލިޓަރީ ވަސީލަތްތައް ފަރުމާކޮށް، އުފައްދާ، ސަޕްލައި ކުރާ ކުންފުންޏެކެވެ. މި ކުންފުނި ހިންގުމުގެ އުސޫލުތައް ކަނޑައަޅަނީ އިންޑިއާ ސަރުކާރުންނެވެ. ކުންފުނީގެ ހުރިހާ ބޯޑު މެމްބަރުން އައްޔަން ކުރަނީ ވެސް، ޑިފެންސް މިނިސްޓްރީގެ ލަފާގެ މަތިން، އިންޑިއާގެ ރައީސް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް