ads
ޝަޒީލާ
20ރުފިޔާއަށް އެދުމުން އިލޮށިފަތީގައި ހުރި ވަރު ދައްކާލައިފި!
ވިހި ރުފިޔާ ދޭން އެދުމުން އިލޮށިފަތީގައި ހުރި ވަރު ދައްކާލާފައި މިވަނީ ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ކުއީން ޝަޒީލާގެ ޓިކްޓޮކް ވީޑިއޯއެއްގައެވެ. މި ވީޑިއޯގައި ދައްކުވައިދެނީ ދަރިއަކު މަންމަ ގާތުގައި 20 ރުފިޔާ ދޭން އެދުމުން މި ދެމައިންގެ ދޭތެރޭގައި ހިންގާ ކަންތައްތަކެކެވެ.

މި ޓިކްޓޮކް ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާއިރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މި ވީޑިއޯ މިހާރު މިވަނީ ދައުރުވާން ފަށާފައެވެ. ޓިކްޓޮކުން ފެނިގެން މިދިޔަ ހާދިސާއަކީ އެތައްބައެއްގެ ކުޑައިރުގެ ހަނދާންތައް އާ ކޮށްލަދޭނެ ހާދިސާއެކެވެ. މި ޓިކްޓޮކް ގެނެސްދީފައިވަނީ ހުވަދޫ ބަހުން ނަމަވެސް ދިވެހި ކޮންމެ ޒުވާނަކަށްވެސް ޓިކްޓޮކްގައި މި ހިނގައިދާ ހާދިސާ ހުވަދޫ ބަސް ނޭނގުނު ނަމަވެސް ގެޓުވާނެ ކަމަށް ބެލެވެ އެވެ. 

ޓިކްޓޮކްގައި ކުޑަ ކުއްޖަކު މަންމަ ގާތުގައި 20 ރުފިޔާ ދޭންއެދެ އެވެ. ހަމަ އެޔާއެކު މަންމަ އެއީ ކީއްކުރަން ހޯދާ ލާރިއެއްތޯ ސުވާލުކުރެއެވެ. މަންމަގެ ސުވާލަށް ޖަވާބުދެމުން އެއީ ކާއެއްޗެއް ގަންނަން ކަމަށް ދަރިފުޅު ބުނެއެވެ. ދަރިފުޅު މިހެން ހަމަ ބުނުމާ އެކު މަންމަ ވަރަށް ރުޅި އައިސްފައި "ކާ އެއްޗެއް ގަންނަން؟ ގޭގަ ހުރި ކާއެއްޗެހި މަދުވީ" ތޯ ސުވާލު ކުރެއެވެ.

ކާއެއްޗެހި މަދުވީކީ ނޫންކަމަށާއި، އެއީ މައިލޯ ޕެކެޓަކާއި ބިސްކޯދު ގަންނަން ކަމަށް ދަރިފުޅު ބުނެއެވެ. މިހެން ދަރިފުޅު ބުނުމާއިއެކު މަންމަ ރުޅިގަދަވެ އެއީ ކީއްކުރަން ކާއެއްޗެއްތޯ އާއި ދަރިފުޅު ހަލާކުވަމުން ދަނީ ތި އެއްޗެހި ކަމުން ކަމުން ގޮސް ކަމަށް މަންމަ ބުނެއެވެ. ނަމަވެސް ދަރިފުޅު ހަމަ ގޮތްދޫކުރުމެއް ނެތި މަންމަ ގާތުގައި 20 ރުފިޔާ ދިނުމަށް އެދެ އެވެ. އަނެއްކާވެސް މަންމަ ތީ ކުޑަކުއްޖެއް ކަމަށާއި އަދި ލާރި ހިފައިގެން އުޅޭވަރު ނުވާކަމަށް ބުނެ ލާރި ދޭން އިންކާރު ކުރެއެއެވެ. އެހެން ނަމަވެސް ދަރިފުޅު ގޮތްދޫކުރާކަށް ނެތެވެ. ހަމަ އެންމެ 20 ރުފިޔާ ދިނުމަށް އެދެމުންދެ އެވެ. މަންމަ އިތުރަށް ރުޅިގަދަވެ ލާރިނެތްކަމަށް ބުނުމުން ވެސް ދަރިފުޅު ލާރި ހުންނާނެކަމަށް ބުނެ ބޮޑާހާކަމުންދެ އެވެ. މިއާ އެކު މަންމަގެ ރުޅިގަނޑު ކޮންޓުރޯލުން ނައްޓައިގެންގޮސް މިއަދު ތިއުޅެނީ ބޮނޑިއެއް ބޯންކަމަށް ބުނެއެވެ. އެހެންނަމަވެސް ދަރިފުޅު ލާރި ހުންނާނެކަމަށް ބުނެ ބޮޑާހާކަމުން ދެއެވެ. މަންމަ ދަރިފުޅާ ދިމާލަށް ހަޅޭލަވަމުންގޮސް އިލޮށިފަތީގެ ހުރި ވަރެއް ދަރިފުޅަށް ދައްކާލައެވެ.

މި ހާދިސާ އަކީ އަޅުގަނޑުމެންގެ ތެރޭން ހަމަ ކޮންމެ މީހަކަށް ވެސް ދިމާވެފައިވާ ހާދިސާ އަކަށް ނުވެ ނުދާނެއެވެ. މި ޓިކްޓޮކަށް ހަތް ހާހަށްވުރެ ގިނަ ލައިކް މިހާތަނަށް ލިބިފައި ވާއިރު ގިނަ ބަޔަކު މި ވީޑިއޯ ބަލާފައިވުން އެކަށީގެންވެ އެވެ. މި ވީޑިއޯގައި މަންމަގެ ރޯލުންނާއި ދަރިފުޅުގެ ރޯލުންވެސް ފެނިގެންދަނީ ހަމަ ޝަޒީލާ އެވެ. މި ޓިކްޓޮކް ވީޑިއޯގެ ކެޕްޝަންގައި "މަފަކީރު މަރައިފި ލާރިޔަކަށް ބުނުމުން" މިހެން ލިޔެފައިވެއެވެ. 

ޝަޒީލާ އަކީ ޓިކްޓޮކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަން ހޯދާފައިވާ ޓިކްޓޮކް ތަރިކެވެ. އޭނާގެ އެކްޓިންއަށް ގިނަބައެއްގެ ތައުރީފު ލިބިފައިވާއިރު، އެކްޓިންގެ އިތުރުން ޝަޒީލާއަކީ މޮޅު މޭކަޕް އާޓިސްޓެއް ވެސްމެ އެވެ. މިހާރަކަށް އައިސް ޝަޒީލާގެ ގިނަ ޓިކްޓޮކުތަކުން ފެނިގެންދަނީ މިކަހަލަ މަޖާ ބެލުންތެރިން ހެއްވާލާ ވީޑިއޯތަކެވެ. އަދި ހަމަ އެހެންމެ ގިނަ ވީޑިއާތަކުގައި ބޭނުންކޮށްފައި ހުރީ ހުވަދޫ ބަހެވެ.

79%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް