ބޭންކް އޮފް މޯލްޑިވްސް
ބޭންކްގެ މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނެސްފި
Share
ބޭންކްގެ މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
Advertisement

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ކަނޑައަޅުއްވާފައިވާ  އުސޫލުތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިއުލާނާ އެއްގޮތްވާގޮތުގެ މަތީން ޚިދުމަތް ދިނުމަށްޓަކައި ބޭންކް ގެ މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ.

ބޭންކުން ގެނެސްފައިވާ ބަދަލުތަކާ އެއްގޮތަށް އަމަލުކުރާނީ މި ޖޫން މަހުގެ 13 އިން ފެށިގެން 17 ޖޫން 2021 ގެ ނިޔަލަށެވެ. 

އެގޮތުން ބޭންކްގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މަތީގައިވާ މުއްދަތުގައި ބަންދުވި ނަމަވެސް ކާޑު ދޫކުރުމަށް ކަސްޓަމަ ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން މައުލޫމާތު  ދެއެވެ. އެގޮތުން ކޮންމެ ދަވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އަށް ކާޑު ދޫކުރުމުގެ ޚިދުމަތް ދެވޭނެއެވެ. އަދި ހޯމަ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހަމަ އެގަޑީގައި ހުޅުމާލެ ބްރާންޗުން ކާޑު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. 

އޭގެ އިތުރުން ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. އެގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100000 ރުފިޔާގެ އިތުރުން ވިޔަފާރި އެކައުންޓަކަށް 500000 ރުފިޔާ ޖަމާކުރެވޭނެއެވެ. އަދި ކަސްޓަމަރުންނަށް މެދު ނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި (ހުކުރު ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގް ހިދުމަތްދޭން ހަމަޖެހިފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް