ads
މާލޭ ޖަލު-- ފޮޓޯ ޕީއެސްއެމް
ގައިދީއަކު އަމިއްލަ ނަފުސަށް ގެއްލުން ދީފައިވޭ: ފުލުހުން
މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި، ގައިދީއަކު ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުުހުން ބުނެފި އެވެ.

މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަން މިހާރު ނިންމާލާފައި ވާއިރު އެ އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި ފުލުހުން ޓޭޒަ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމަތަކީ ދޮގު މައުލޫމާތެއް ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި ޕެޕަ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވާކަން ފާހަގަކުރަމުން ފުލުހުން ބުނީ، ގައިދީއަކު ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދީފައިވަނީ، އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު ކަމަށް ފުލުހުން ބުނެއެވެ. 

"މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވޭ. މި އޮޕަރޭޝަންގައި ދެންނެވުނު ތިން ގައިދީންގެ އިތުރުން، އިތުރު ގައިދީއަކަށް އަނިޔާ ވެފައި ނުވޭ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިއަދު ހިންގި އޮޕަރޭޝަންގެ ތެރެއިން ބަލާފާސްކުރި ގޮޅިތަކުގެ ތެރެއިން މާލެ ޖަލުން، ސިމް ކާޑާއެކު އެއް ފޯން ފެނިފައިވާ ކަމަށެވެ. އަދި މާފުށި ޖަލުން،ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށްގެނެވި، މައްސަލަ މިހާރު ދަނީ ތަހުގީގް ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް