
އެމްއެމްއޭއިން ކުރިން ނިންމާފައިވަނީ ރާއްޖޭގައި ހަދައިދޭ ކާޑުތަކުން ދިވެހި ރުފިޔާ ނޫން އެހެން ފައިސާއެއްގެ މުއާމަލާތް ހިންގޭނެ އެންމެ ފަހު ތާރީހެއްކަމަށް ބޭންކްތަކަށް އަންގާފައިވަނީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހަށް ވިޔަސް މިހާރު އެ މުއްދަތުވަނީ އަންނަ އޮގަސްޓު މަހުގެ 15 ވަަނަ ދުވަހަށް އިތުރުކޮށްފަ އެވެ. އޭގެ ފަހުން އެ ކާޑުތަކަށް ދިވެހި ރުފިޔާ ނޫން ފައިސާގެ މުއާމަލާތެއް ނުކުރެވޭނެކަމަށް ވެ އެވެ.
"މިހާރުވާގޮތަކީ ޑޮލަރު އެކައުންޓެއް ނެތް މީހެއްގެ ވިސާ ކާޑުން ފައިސާ ކެނޑާއިރު ބައެއް ތަންތަނުން ޗާޖު ކުރަނީ ޑޮލަރުން. ޑޮލަރު އެކައުންޓް ނެތް މީހާގެ އަތުން ޑޮލަރުން ޗާޖުކުރުމުން ޑޮލަރު މައްސަލަ ކުރިމަތިވަނީ. އެހެން ވީމާ ޑޮލަރުގެ ތަށިކަމަށް ވެސް ބުރޫއަރާގޮތްވަނީ. އެ ހުރިހާ ކަމެއް ހުރުމުން މި ބަދަލު ގެންނަން ނިންމައިގެން އެ މަސައްކަތް މިކުރަނީ،" އިތުރު ތަފްސީލް ދެއްވަމުން އެމްއެމްއޭގެ އޮފިޝަލު ވިދާޅުވި އެވެ.
ރާއްޖޭގައި ވިސާކާޑު ހަދައިދެނީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސް.ބީ.އައި) ގެ އިތުރުން ކޮމާސަލް ބޭންކް އޮފް މޯލްޑިވްސް (ސީ.ބީ.އެމް) އިންނެވެ.
ރިސޯޓް އާއި ގެސްޓް ހައުސްއިން ވެސް ރާއްޖޭގެ ވިސާކާޑެއް ބޭނުން ކުރާ ހާލަތުގައިވެސް ރުފިޔާއިން މުއަމަލާތު ހިންގަން އެމްއެމްއޭ އިން އޭރު ވަނީ އަންގާފައިއެވެ.
އެމްއެމްއޭގެ އެ ފިޔަވަޅު އެޅުން ލަސްކުރި އިރު ޑޮލަރުގެ ތާށިކަން ރާއްޖެއަށް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ކޮވިޑާއެކު ޓޫރިޒަމް ހުއްޓުމަކަށް އައުމާއެކު ބޭރު ފައިސާގެ ދަތިކަން ވަނީ ރާއްޖެއަށް ވަރަށް ބޮޑުވެފަ އެވެ.